ރިޔާސީ ދައުރު 10 އަހަރަށް ދަންމާލަން ޖާބިރު ހުށަހަޅުއްވައިފި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 

 

ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދަންމާލަން ގާނޫނަށް އިސްލާހު ގެނައުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ރިޔާސީ ދައުރަށް އިސްލާހު ގެނައުމަށް ޖާބިރު ހުށަހެޅި ބިލުގައި ވަނީ 2008 ވަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކާއި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ވެރިކަން ހިންގުމުގައި އެތަކެއް ސިޔާސީ އަދި އިގްތިސޯދީ ހުރަސްތަކެއް ހުރި ކަމަށެވެ.

 

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެ އަހަރަށް ވުރެ ކޮވިޑް-19ގެ ސަބަބުން މަޝްރޫއުތައް ނުފެށި ލަސްވެފައިވާ ކަން ވެސް ޖާބިރުގެ ބިލުގައި ފާހަގަކޮށްފައިވެއެވެ.

 

ކަން މިހެން ހުރުމުން ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރުގެ ގޮތުގައި މިވަގުތު އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން ގާނޫނު އަސާސީގެ ދަށުން އިންތިހާބުވި ހުރިހާ ރައީސުންގެ ބަސްމަގުން އެނގޭ ކަމަށް ވެސް ޖާބިރުގެ ބިލްގައި ވަނީ ބުނެފައެވެ.

އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށްދިނުމަށް ރިޔާސީ  ދައުރު 10 އަހަރަށް އިތުރު ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވެސް ޖާބިރު ހުށަހެޅުއްވި ބިލްގައިވެއެވެ.

Loading

3 Responses

  1. ޖާބިރޫ……..ތިއުޅެނީ އަނެއްގޯސް ހަދަން..މިހާރު މަސްއަލައަކީ ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް ތިޖޫރި ދޮވެލާތީ.ގިނަ އަހަރު ދީފި ނަމަ އޮބި ނޯންނާނެ.

  2. 5 2 dhareh noon dheynvee kee dhuniye dhemi oiyhaa dhuvahakah riyaasee dhauru dhammaalanc vee, San ehenyha maamolhu meeheh viyya mi huree dhen verikamah araa furathama verikamah eri goiy visnaalaa, najaaizu gothun dhamaa echchetheega kon barakaatheh lavvaanee.?

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް