”ކޮތަރުކޮށި“ ޖަލްސާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާގޮތަށް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމި ”ކޮތަރު ކޮށި“ ޖަލްސާ މާލޭގައި ބާއްވާ ގޮތަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހަމަޖައްސައިފިއެވެ.

ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައި ވީ ނަމަވެސް ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދިފައި ނުވާކަމަށް ބުނެ އެޗްޑީސީން ޖަލްސާއަށް ހުރަސް އެޅުމުން މާދަމާ ރޭގެ ޖަލްސާ މިހާރު ވަނީ މާލޭގެ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބާއްވަން ނިންމުމާ ގުޅިގެން އިއްޔެއިން ފެށިގެން ފުލުހުން ދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އެޗްޑީސީން ވަނީ އެ ސަރަހައްދަށް ބޮޑެތި އެއްގަމު އުޅަނދުތަކެއް ގެންގޮސް، ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން އެ ސަރަހައްދުގައި ޖެހި ދިދަތައްވެސް ފުލުހުން ލައްވައި ނަގުވާފައެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފު ޢުމަރު ވަނީ މިހާރުގެ ޓާގެޓަކީ ކާނިވާ ސަރަހައްދު ކަމަށާއި އެހެން ގޮތެއް ނެތިއްޔާ ކަނޑުމަތީގައި ނަމަވެސް މާދަމާރޭ ކޮތަރުކޮށި ޖަލްސާ ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބޭއްވުމަށް ހުއްދަ ނުދިން ތާނގައި އުސްފަސްގަނޑަށް ޖަލްސާ ބަދަލުކުރުމުން އެ ސަރަހައްދު ވެސް ނުދިނެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި އުސްފަސްގަނޑަކީ ސަރުކާރުގެ ބިމެއްކަމަށާއި، އެތަނަށް ކަރަންޓުވެސް ގުޅާ ނުދެވޭނެކަމަށް ޕާޓީއަށް ވަނީ އަންގާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް