ޕާކިސްތާނުގެ ދަރިވަރަކު ”ޕާކިންސަންސް“ ބައްޔަށް ފަރުވާއެއް ހޯދައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ދަރިވަރަކު ”ޕާކިންސަންސް“ ބައްޔަށް ފަރުވާއެއް ހޯދައިފިއެވެ.

ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ދަރިވަރު ނެހާ ޗައުދަރީ ވަނީ ސިކުނޑީގެ ނާރުތަކަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ”ޕާކިންސަންސް ޑިޒީސް“ އަށް ފަރުވާއެއް ހޯދާފައެވެ.

މި ބަލީގެ ސަބަބުން ހަށިގަނޑުގައި ވާ މަސްތަކުގެ މަސައްކަތްތައް ކުރުމަށް ހުރަސް އެޅިގެން ދެއެވެ. އަދި ތުރުތުރު އެޅުމާއި، މަސައްކަތް ކުރުމުގެ ހަލުއިމިނަށް ބަދަލު އައުން ފަދަ ކަންކަމާ ކުރިމަތިވެއެވެ.

މިހާތަނަށް އައި އިރު މި ބައްޔަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާއިރު، ބަލިން ރަނގަޅުވުން ބަރޯސާވެފައި އޮންނަނީ ބަލިމީހާގެ ހުރި ހިތްވަރެއްގެ މައްޗަށެވެ.

ކަން މިހެން އޮތުމާއެކު، ނެހާ ވަނީ މި ބައްޔަށް ފަރުވާއެއް ހޯދާފައެވެ. އޭނާ ވަނީ ޕާކިންސަންސް ބަލީގެ ވޭން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ދޭ ފަރުވާއެއްގެ ގޮތުގައި ހާއްސަ ހޮޅިކޮޅެއް އުފައްދާފައެވެ.

ނެހާ މި ހޮޅިކޮޅު އީޖާދު ކޮށްފައި ވަނީ އޭނާގެ ބައްޕަ ވާގި ނެތި، ހިނގައިބިގައިވެ އުޅުމުން މަޙުރޫމު ވުމާއި ގުޅިގެން އެކަމަށް ފަރުވައެއް ހޯދުމަށް ކުރި މަސައްކަތްތަކުންނެވެ. އޭނާ ބުނި ގޮތުގައި އެ މަސައްކަތް ފެށީ 2014 ވަނަ އަހަރު ޔުނިވާސިޓީގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުންނެވެ.

އިންގުލެންޑުގެ ގިނަ ބަޔަކު މި އުފެއްދުމުގެ އަޖުމަ ބަލާފައިވާއިރު، އެ ޤައުމުގެ ސިއްހަތާ ބެހޭ ޤައުމީ އިދާރާއިން ވެސް ވަނީ ނެހާގެ މި މަސައްކަތަށް ޝައުޤުވެރިވާކަން ފާހަގަ ކޮށްފައެވެ.

މި އީޖާދަށްފަހު ނެހާ ވަނީ ”ވާކް ޓު ބީޓް“ ގެ ނަމުގައި އޭނާގެ އަމިއްލަ ކުންފުންޏެއްވެސް އުފައްދާފައެވެ.

ޕްލާސްޓިކުން ހަދާފައިވާ މި ހޮޅިކޮޅަކީ ހިފައި ގެންގުޅެން ފަސޭހަ، ލުއި ހޮޅި ކޮޅެކެވެ. އޭގައި ހިމެނޭ ސެންސަރު ތަކުގެ އެހީގައި ހަރަކާތެއް ނެތް މަސްތަކަށް ކުޑަ ނަމަވެސް ދިރުމެއް ގެނެސްދީ ބަލިމީހާއަށް އޭނާގެ ހުޅުތައް ހަރަކާތް ކުރެވިގެން ދެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް