ވަޙީދުގެ ކުށަކީ ކޮބައި ހެއްޔެވެ؟ - 3

Loading

Facebook
Twitter
WhatsApp

މިކަމުގައި ބައިވެރި ކުރުވުމުގެ މޭސްތިރިއަކީ ކުވާ މުޙައްދު މަނިކެވެ.

އެދުވަސް ވަރަކީ މުޙަންމަދު މަނިކު ބ. އަތޮޅު ފަޅުރަށެއްގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރަކަށް ވާތީ އޭނާ އެރަށަށް ފުރާ ދުވަހެއް ބަލަން

އެގެއަށް ދިޔައެވެ. އެވަގުތަކީ އެ ގޭގައި ސިޔާސީ ބައްދަލުވުމަކަށް ތައްޔާރު ވަމުން ދިޔަވަގުތެކެވެ.

ވަޙީދު ގެއަށް ވަނުމުން މުޙައްމަދު މަނިކު ބުނުއްވީ ވަޙީދު މިބައްދަލު ވުމުގައި ބައިވެރި ކުރަން ބޭނުންވާ ކަމަށެވެ.

އެބައްދަލުވުމުގައި މާލޭގެ ހަރުކުލައިގެ 22 މީހުން ބައިވެރި ވިއެވެ.

ބައްދަލު ވުމުގައި ވަޙީދު ވާހަކައެއް ނުދައްކައެވެ. ބުނިހާވެސް އެއްޗަކީ މައުމޫނަށް ވޯޓެއް ނުދޭނަމޭ އެވެ. މިނޫން އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކޮންމެ ރައްޔިތެއްގެ ވޯޓަކީ އެރައްޔިތު މީހާގެ ޙައްޤެކެވެ. އެހެން ކަމުން ވަޙީދުއަށް ގާނޫނަކުން ދީފައިވާ މިނިވަން ކަމުގެ ޙައްޤު ނިގުޅައިގެން މައުމޫނަށް ވޯޓް ނުދޭނެކަމަށް ބުނުމަކީ އޭރު ބޮޑު ކުށެކެވެ. އަދި އެ މީހަކީ ސަރުކާރާ ދެކޮޅު މީހަކަށް ވިޔަސް ސަރުކާރާ ދެކޮޅަށް ހުރުމަކީ ކުށްވެރިވާ ކަމެކެވެ. އެއްވެސް ތަނެއްގައި މައުމޫނުގެ ނަންގަނެވި ސަރުކާރުން ކުރާ ދެކޮޅު ނުޖެހޭ ކަމެއްގެ ވާހަކަ ދެއްކުމަކީވެސް ރައްޔިތުމީހާ ބިޑިއަޅުވާފައި ޖަލަށްލާ ވަރުގެ ކުށެކެވެ. އެހެން ކަމާއެކު މައުމޫނު އިތުރަށް ވެރިކަމަށް ގެނައުމަކީ ހަމަހޭގައި ހުރި އެއްވެސް ރައްޔިތަކު ބޭނުން ވާނޭ ކަމެއް ނޫނެވެ. ރައްޔިތުން ބޭނުންވެފައި ތިބީ ދުލާއި ގަލަމުގެ މިނިވަން ކަމަށެވެ.

ވަޙީދު މައުމޫނަށް ވޯޓުނުދޭން ނިންމީ ރައްޔިތުމީހާގެ ޙައްޤު ވެސް ނިގުޅައިގަނެ، ރައްޔިތުންގެ ވޯޓް ވެސް ފޭރެމުން ދާތީ އާއި އިސްވެ ދެންނެވި ސަބަބުތަކާ ހެދިއެވެ.

އެބައްދަލު ވުމުގައި ކެމްޕޭން ކުރަންވީ ގޮތާއި ރަށްރަށަށް ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް ވެސް ކިޔައިދީ މަޝްވަރާ ކުރެވުނެވެ.

ކޮންމެއަކަސް ވަޙީދު ބެ މައުމޫނަށް ވޯޓް ނުދޭނަމޭ ބުނި ވާހަކަ އެތަނުން މީހަކު ރިޕޯޓު ކޮށްފިއެވެ.

ދައުވާ ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއެވެ.

ދިފާޢުގައި ދައްކާނޭ ވާހަކައެއް ދެއްކޭނެ ވާހަކައެއް ނެތެވެ. ފުރުޞަތެއް ވެސް ނުދެއެވެ.

ބަރުވެސް ހެކިދެއެވެ. ވަގުތުން ވަގުތަށް ހުކުމް ކޮށް އަރުވާލީއެވެ.

ލ. ދަބިދޫއަށް އަރުވާލެވިފައި ވާ ސިޔާސީ ކުށްވެރިންގެ ތެރޭގައި ސައުތު ތައުފީގުގެ އިތުރުން ޑޮކްޓަރ އަފްރާޝީމު ޢަލީ ގެ ކޮއްކޮއެއް ވެސް ހިމެނެއެވެ.

ލ. ދަނބިދޫއަކީ އުޅެން ވަރަށް ފަސޭހަ ރަށެކެވެ. އަދި އެރަށުގެ ރައްޔިތުންގެ ކިބައިން ވަރަށް އިޙުސާންތެރި އަޚުލާޤީ ރިވެތި ސިފަތަކެއް ފެނިގެން ދިޔައެވެ. އެރަށުގެ އެކި ގޭގެއިން އެކި ރޭރޭ ކާން ތައްޔާރުކޮށްގެން އަރުވާލި މީހުން ބަލާއައިސް ތިބެނީ ކިޔޫގައެވެ.

މިނިވަން ވެގެން އެރަށުން ފުރަންޖެހޭތީ ހިތާމަވެސް ކުރެވުނެވެ.

ހުރިގޭ މީހުންނަކީ ޚުލްޤު ހެޔޮ ވަރަށް އިޚުލާޞްތެރި ބައެކެވެ. ދުވަހަކުވެސް މަސައްކަތެއް ނުކުރުވައެވެ. ވަޙީދު އުޅުނީ އަމިއްލަ ގެއިން ވެސް ލިބޭނޭ އެންމެ ފުރިހަމަ މިނިވަން ކަމުގައެވެ.

މިފަދަ ފުރުޞަތެއް ލިބުމުމުން ދަނބިދޫގެ ރައްޔިތުންނަށާއި އޭރުގެ ކަތީބުގެ އިތުރުން ހުރި ގޭގެ އެންމެނަށް ކޮޅުނެއް ކޮޅަށް ޝުކުރު ދަންނަވަން ބޭނުމެވެ.

 

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް