ރައީސް ޔާމިނަށް ސެކިއުރިޓީ ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

 

 

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުއްލާ ޔާމީނަށް ދައުލަތުން ސެކިއުރިޓީ ހަމަޖައްސައި ދީފި އެވެ.

ރައީސް ޔާމިނަށް ދައުލަތުން ސެކިއުރިޓީ ދިނީ  ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ނެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ.

 

އަދި ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ. މި އިނާޔަތްތައް ރައީސް ޔާމިން ޖަލަށް ލާން ހުކުމް ކުރި ހިސާބުން އެ އޮތީ މެދުކެނޑިފައެވެ.

ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެން ޖަލަށް ވަޑައިގަތުމާ ހަމައަށް އެމަނިކުފާނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދީފައިވެ އެވެ.

ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން އިއްޔެ ޔާމީން ގެއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވީ ވެސް ސިފައިންގެ ސެކިއުރިޓީއާ ނުލައެވެ. އެމަނިކުފާނަށް ސެކިއުރިޓީ ދޭން ފަށާފައި މި ވަނީ  މިނިވަންވި ހިސާބުން ސިފައިން ސެކިއުރިޓީ ހަމަޖައްސައި ނުދިނީތީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުނ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ފުރަތަމަ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.

 

Loading

One Response

  1. ކަމެއް ރަނގަޅުވަނީ ކިހިނެއްތޯއެވެ. އަބަދުވެސް ގާނޫނާއި ގަވާއިދު ހަދައިގެން ނުވަތަ އެ ދެއެތި ބަދަލުކޮށްގެންވެސް ކޮންމެ ސަރުކާރެއްވެސް ބަލަނީ ވެރިކަމުގައި ބަގުޑިލައިގެން ތިބެވޭނެގޮތް ހޯދުމެވެ. ވީމާ މީހާ އިންދާލުމަށް އަމާޒްކޮށް ކޮންމެކަމެއްވެް ކުރަމުން ގެންދާނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް