ކަމަދޫ ވަޙީދުގެ ކުށަކީ ކޮބައި ހެއްޔެވެ؟ -2-

Loading

Facebook
Twitter
WhatsApp

ޖޯލި ފަތީގައި ޖައްސާ ލައިގެން އޮތްވާ ލޯމެރިއްޖެއެވެ.

ވާނީވެސް އެހެންތާ އެވެ. ދޯނިމަތީގައި ވެސް އޮށޯތުމުގެ ފުރުޞަތެއް ނުލިބި ނުހަނު ވަރުބަލިކަން މަތީގައި ހުންނަތާ އެއްދުވަސް ވުމުން ނިންޖަށް ވެސް ބަލިވެފައިވާތީ ނިދުނީއެވެ.

ހޭލެވުނީ އަންހެނަކު އޭ ބޭބޭ އޭ ކިޔައި ކައިރީގައި ހުރެ ގޮވަން ފެށުމުންނެވެ.

އޭރު ޖޯލިފަތި ކައިރީގައި ކުޑަ ގޮނޑިއެއް ބަހައްޓައި އެގޮނޑިމަތީގައި ކިރު ތަށްޓަކާއި ދެ ކުކުޅު ބިސް ބާއްވާފައި އޮތެވެ. އެ އަންހެންމީހާ އަތުގެ އިޝާރާތުން ގޮނޑި މަތީގައި ހުރި ނާސްތާ ދައްކާފައި ސައިބޯލަން ބުންޏެވެ. ވަރަށް އޯގާވެރި އަންހެނެކެވެ. މިގޭގައި ބަހައްޓައި ދޭތޯ އަހާލުމުގެ ހިތްވަރު ލިބުނެވެ. ސައިބޮއި ނިމުމުން ބޯފެން ގެނެސް ދިނުމައްފަހު ތަށިތައް ނަގަން އުޅުމުގެ ތެރޭގައި ވަޙީދު އަހައިފީމެވެ.

އަހަރެން މިގޭގައި ބަހައްޓައި ދެވިދާނެ ހެއްޔެވެ؟

އަންހެން މީހާ ޖަވާބެއް ނުދީ ގޭތެރެއަށް ވަދެގެން ދިއުމުން ވަޙީދު ވަރަށް ލަދުގަތެވެ. އެހެން ކަމާއެކު މިންވަރަށް ޝުކުރު ކޮށް ﷲ އާ ވަކީލު ކުރިއެވެ.

ކޮންމެއަކަސް ޖޯލިފަތިން ތެދުވާން ހިތަށް އެރިތަނާ އެގޭ އަންހެން މީހާ އައިސް ސުވާލު ކުރިއެވެ.

ކިޔަނީ ކޮން ނަމެއް، ކޮންރަށަކު މީހެއްތަ، އަރުވާލީ ކޮން މައްސަލައަކު؟

ވަޙީދު ބުންޏެވެ. އަޑުއަހާލަން މިތާގައި މަޑު ކޮށްލެވިދާނެތަ؟

މަޑުމަޑުން ލަދުރަކި ފާޑަކަށް ޖެހިގެން އިން ޖޯލީގައި އިށީންނަމުން އަންހެން މީހާ ބުންޏެވެ.

އަހަރެންގެ ނަމަކީ ރުގިއްޔާއެވެ. ވަޙީދު ބަހައްޓައި ދޭން އެދުމުން ޖަވާބު ނުދީ ގެއަށް ވަނީ ބައްޕަ ގާތު ބުނަންވެގެންނެވެ. ބައްޕަ ގަބޫލެވެ.

ކޮންމެއަކަސް ﷲ ގެ ހެޔޮ ރަހުމަތުން އެގޭގައި ވަޙީދަށް ހުރެވޭނެ ގޮތް މިންވަރު ކުރައްވައިފިއެވެ.

ދަނބިދޫއަކީ ސިޔާސީ މީހުން އަރުވާލާ ރަށެކެވެ. މި ރަށުން ސައުތު ތައުފީގާ ވެސް ދިމާވިއެވެ. އޭނާ އަކީ ވެސް އިލްޔާސް އިބްރާހީމަށް ކެންޕޭނު ކޮށްދީގެން އެ ރަށަށް އަރުވާލާފައި ހުރި މީހެކެވެ. ސިޔާސީ ކުށްވެރިއެކެވެ. ސައުތު ތައުފީގަކީ ވަޙީދުގެ ގާތް ރަޙުމަތް

ތެރިއެކެވެ. އިލްޔާސްގެ ކެންޕެއިން ޓީމުގައި ހިމެނޭ ބާވީސް މީހުންގެ ތެރެއިން މީހެއްވެސް މެއެވެ. އެހެން ކަމުން ބީރައްޓެހިކަން ފިލައި ހައެއްކަ މަސްދުވަހުގެ ތެރޭގައި ރަށަށް ހޭނިގެން ދިޔައެވެ. ތައުފީގާއި ވަޙީދު ވަރަށް އުފަލުގައި އެއް އަހަރު ހޭދަ ކުރިތަނާ މިނިވަން ވެގެން އެނބުރި ރަށަށް ދިޔައެވެ. އަރުވާލުމުގެ ސަބަބުން ވަޙީދުއަށް ވަނީ ގުނަނުކުރެވޭ ވަރުގެ ގެއްލުން ވެފައެވެ. ވެގެންދިޔަ ގެއްލުން ފޫބައްދަން އަދި ތިންއަހަރު މަސައްކަތް ކުރަން ޖެހުނެވެ.

އަމިއްލަ ދޯނިފަހަރުގައި ލޭނުއަޅައިގެން މަސްހިފައި ލޮނުމަސް ތައްޔާރުކޮށް މަސްބޭރުކުރަން ފެށުމުން ﷲ ގެ ހެޔޮ ރަޙުމަތުން ވަޙީދަށް މައުމޫނު ދިން ގެއްލުން ތަކުން ސަލާމަތް ކުރައްވައި ފިއެވެ.

ވަޙިދަކީ މުޅި ބ. އަތޮޅު ދަންނަ ރަޙުމަތްތެރިން ގިނަ ސިޔާސީ މުދައްބިރެކެވެ. ފުދުންތެރި ރައްޔިތެކެވެ. ވަޙީދަކީ ސިޔާސީ ގިނަ ލީޑަރުންގެ އެކުވެރިއަކަށް ވުމުން ބ. އަތޮޅުގެ ކެންޕޭން ތަކުގައި ބައެއް ސިޔާސީ ބޭފުޅުންނާއެކު ބައިވެރިވެ އުޅުއްވާ ވަރަށް މުސްތަގިއްލު އިޚުލާޞް ތެރިއެކެވެ.

އެންދެރި މާގޭ އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައި ގަންނަވަން އުޅުއްވީ އެންދެރިމާގޭގައި ބޭއްވި ޢާއިލީ ބައްދަލު ވުމަކަށް ފަހު ރައީސް މައުމޫނު ތިން ވަނަ ދައުރަކަށް ކުރިމަތި ނުލައްވަން ނިންމެވުމުންނެވެ.

އެހެންކަމާއެކު އެމަނިކުފާނު ވަޙީދާ ބައްދަލު ކުރައްވައި މިފަހަރު ރައީސްކަމަށް ކުރިމަތި ލައްވަން ބޭނުން ފުޅުވާކަމަށް ވިދާޅުވެ މަސައްކަތް ކޮށްދެއްވުމަށް އެދި ވަޑައި ގަތެވެ. އެހެން ކަމުން ވަޙީދު އެކަމުގައި އިލްޔާހާ ބައިޢަތު ހިފީ އެވެ.

ނުނިމޭ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް