އޯއައިސީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ޕާކިސްތާނުގައި ބޭއްވުމަށް ނިންމާފައި ވާކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އާސިމް އިފްތިޚާރު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 23-22 އަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އާދައިގެ މަތިން ކޮންމެ ހަފްތާއަކުވެސް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާ ތަކުން ކުރި ސުވާލަތަކަށް ޖަވާބު ދެއްވަމުންނެވެ.
”އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން“ އަކީ ޔުނައިޓެޑް ނޭޝަންސް ފިޔަވައި ދުނިޔޭގައި އުފެދިފައިވާ 2 ވަނައަށް އެންމެ ބޮޑު ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގައި 4 ބައްރުގައި ހިމެނޭ މުސްލިމު ޤައުމުތަކަށް ނިސްބަތްވާ 57 މެމްބަރުން ހިމެނެއެވެ.
1969 ވަނަ އަހަރު އުފެދުނު މި ޖަމްޢިއްޔާއަކީ އިސްލާމީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގުޅިގެން މުސްލިމުންގެ ޙައްޤުތައް ހޯދައިދިނުމުގެ މަޤްސަދުގައި އެކުލަވާލެވުނު ޖަމްޢިއްޔާއެކެވެ.
މި ޖަމްޢިއްޔާގެ ފޮރިން މިނިސްޓްރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޮންނަ ބައްދަލުވުމެކެވެ. އެ ގޮތުން މުސްލިމު ޤައުމުތަކުގެ ގިނަ ފޮރިން މިނިސްޓަރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުން ބާއްވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ރިޕަބްލިކް އޮފް ނައިޖާގެ ސިޓީއެއް ކަމަށްވާ ނިއަމޭގައެވެ.
އަދި ހަމައެހެންމެ، 2007 ވަނަ އަހަރުގެ މެއި މަހު ޕާކިސްތަނުގެ އިސްލާމް އާބާދު ގައި 34 ވަނަ ފޮރިން މިނިސްޓަރުގެ ބައްދަލުވުން ބާއްވާފައިވާއިރު، އޭގެ ކުރިން މުސްލިމު ޤައުމުތަކުގެ 30 ވަނަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ބާއްވާފައިވަނީ 2003 ވަނަ އަހަރުގެ މެއި މަހު އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ވެރިރަށް ތެހްރާންގައެވެ.
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސަޢީދު ޚާތިބްޒާދެހް އިއްޔެ ވިދާޅުވި ގޮތުގައި އޯއައިސީ ބައްދަލުވުމުގެ ސަބަބުން މުސްލިމުންގެ އެއްބައިވަންތަކަން އިތުރުވެ، އިސްލާމީ އުސޫލުތަކަށް ފުރިހަމަ އަށް ބޯލެނބުމަށް ބާރު ލިބިގެން ދެއެވެ.
One Response
އޯއައިސީ އަކީ މިހާރު ކުދިން ކިޔާގޮތުގައި އޯ! އައި! ސީ! އިގިރޭސިބަހުން މާނަކުރީމާ އަބަދު އެންމެން ކިޔާ ބަހަކަށްވަނީ. މުސްލިމުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކު މެރުމާއި ބާރުގަދަ ގައުމުތަކުން ދެރަވަރު ގައުމުތަށް ބުލީކުރުން ފިޔަވާ މާބޮޑު ކަމެއް ވެއްޖެބާވައެވެ. ސައުދު ބޭނުންވީމަ ޔަމަން ފުޑާލެވެ. ސައުދު ބޭނުންވީމާ ގަތަރަށް އިކޮނޮމިކް ދަތިކުރުމުގެ ފިޔަވަޅުތަށް ކަނޑާއި، ވައިގެ ސަރަހަށްދު ބަންދުކޮށް އަނިޔާދެވޭ. މަށަށް ތި ގުރޫޕަކީ ހަމަ ނަފުރަތާއި ހަސަދައިގެ ގަބީލާތަކެކެވެ. މިހާރުވެސް ސައުދީއާއި ޔޫއޭއީ ގަބީލާ ހެދިގެން ޝީއާ ސުންނީ ރޯލްކުޅެނިއެވެ. ޔަހޫދީންނާއި ނަސޯރާ ޖަމާޢަތްތަކައި ގުޅުން ބަދަހިކޮށް އެމީހުން ލައްވާވެސް ޖަރީމާ ހިންގަން އަދިވެސް ރެޑީ ނޫންތޯއެވެ. ބޮޑެތި ބައްދަލުވުންތައް ބާއްވާ ގޮތްދައްކާއި މުއްސަދިކަން ދައްކން ސަޅި އޯގަނައިޒޭޝަނެއް ތިއީ. ހަމަ މަދު ވެރިޔަކު އެމީހުންގެ ރައްޔަތުންނަށް ހެވާ ލާބަވެސް އެދެނީ.