ވެރިކަންކުރާ މައި ކޯލިޝަނުގެ ތެރެއިން ހިންގާ ވައްކަމާއި ކޮރަޕްޝަނާއި އިސްރާފާއި ފަސާދައިގެ ޢަމަލުތައް ގިނަވެ އަރައިނުގަނެވޭ ވަރުގެ ފުން ވަޅުގަނޑަކަށް ގައުމުގެ އިގުތިސާދު ވެއްޓި އިނދަ ޖެހިއްޖެއެވެ. ގައުމުގެ ޙާލަތު މިދަރަޖައަށް ގޯސްވެފައި ވާއިރު ކަމާބެހޭ މިނިވަން މުއައްސަސާތައްވެސް އޮތީ ގޮހޮރު ފުރެންދެން ކައިގެން ބަނޑު ދަމާލާފައެވެ.
ގައުމަށް ވަންނަ އެއްޗެއް ނުވަންނަ އެއްޗެއް ނޭނގޭ ގަމާރު ބަޔަކާ ގައުމުގެ މައިތިޖޫރި ޙަވާލު ކުރެވުނު މޮޔަ ހިތަށް އަރައި ރައްޔިތުން މާޔޫސް ވެއްޖެއެވެ. ލިބޭ މިންވަރަށް ވިސްނާލުމެއް ނެތި އަވަށްޓެރި ގައުމުތަކުންނާއި ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ބޮޑެތި ބިޔަ ލޯނުތައް ނަގަމުން
ގޮސް ބޭރުގެ ދަރަނި ތައް އެވަނީ ބޮޑުވެ އަތްގުޅި ނުކައިފައެވެ. ކުރިއަށް އޮތް 10 ޖީލުގެ ބޮލުގައި ވެސް މިދަރަނި އެވަނީ އެޅިފައެވެ. ގައުމުގެ ޙާލަތާ ނުބައްދަލު
ތަރައްގީ ގެންނަން އުޅުމުގެ ސަބަބުން ގައުމު މިއޮއްގެން ފެތެނީއެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ބުނާގޮތުން ވެރިކަމުގެ ދައުރަކީ ފަސް އަހަރެވެ. މިގޮތުގެ މަތީން ފަސް އަހަރަށް ވެރިޔަކު އިންތިޚާބު ކުރާއިރު އެ ވެރިއަކަށް ފަސް އަހަރުގެ ދެ ދައުރު ލިބުމަކީ މަދުން ވާކަމެކެވެ. އެހެން ކަމާއެކު ފަސް އަހަރަށް ރައްޔިތުން އިންތިޚާބު ކުރާ ވެރިޔާ އޭނާގެ ދައުރު ނިންމާލަނީ ބިލިއަނަރަކަށް ވެގެންނެވެ. ވެރިކަން ނިންމާލުމުން ފަސް އަހަރު ވެރިކަން ކުރީތީ ޢިއްޒަތާއި ޝަރަފާ އެކު ހުރުމާއި ކެއިން ބުއިމާއި ބޭނުން ގައުމަކުން ހިލޭ ބޭސް ފަރުވާ ކުރުމާއި އޮފީހަކާއި އެ އޮފީސް ހިންގާނޭ ޚަރަދުބަރަދު ދައުލަތުން ދެއެވެ.
އެހެން ކަމާ އެކު ރައްޔިތުންގެ މައި ތިޖޫރި އޮޑިޓް ކޮށް ބަލަހައްޓާން މުސްތަގިއްލު ގުރޫޕަކާ ޙަވާލު ކުރާން ވާނެއެވެ. ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ބޭރުން ނަގާ ދަރަނި އެ ވެރިކަމުގެ ދައުރުގައި ދައްކައި ނިންމާން ވާނެއެވެ.
ގައުމުގެ ދަރަނި ފިލުވުމަށްޓަކައި ބޭރުގެ އެއްވެސް ގައުމަކަށް ރާއްޖޭގެ ބިން ކުއްޔަށްދީ ވިއްކާލައިގެން ނުވާނެއެވެ.
އަނެއް ކޮޅުން ކޮންމެ ވެރިއެއްގެ ފަސް އަހަރުގެ ޓާމް ނިންމާލާއިރު އަވަށްޓެރި ގައުމުތަކަށާއި ބައިނަލްއަގުވާމީ މާލީ އިދާރާ ތަކުން، ގައުމުގެ ޙާލަތާ ނުބައްދަލު މިންވަރަށް ދަރަންޏަށް ލޯނު ނަގައި އެދަރަނި ފޫބައްދަން ފައިސާ ޗާޕް ކުރަނީއެވެ.
ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ. ބަނޑަށް ޖެހެނީ ރައްޔިތު މީހާއެވެ. ވެރިމީހާ ވެރިކަން ނިންމާލަނީ ދެބަނޑަށް ކައިގެންނެވެ.
ޖެހިގެން ވަޒީރުންނާއި މަހުޖަނުންގެ އަންބޮނޑި ދަނީ ބޮޑުވަމުންނެވެ. މިޙާލަތަށް ގައުމު ބަދަލުވީ ގައުމުގެ ޢަދުލު އިންޞާފާއި ހަމަހަމަކަން ގެއްލި އިންޞާފުން ބޭރުން ބާރުގަދަ މީހާގެ ޖީބަށް ވެރިން ވެއްޓި ގެންނެވެ.
”ލިބޭ މިންވަރަށް ނުބަލައި ޚަރަދު ކުރާން ވެއްޖެ ނަމަ އިނދަ ޖެހިގެން ވާނީ ބޭޒާރެވެ.“
ގައުމުގެ އިގުތިސާދު އިނދަ ޖެހިގެން މިދަނީ ވައްކަމާއި ކޮރަޕްޝަނާއި އިސްރާފާއި ފަސާދައިގެ ސަބަބުންނެވެ. އެހެން ކަމާއެކު ވެރިކަމަށް ރައީސް މީހާ އިންތިޚާބު ކުރުމުގެ ކުރިން އެމީހާގެ ވަނަވަރާއި ފަތިފުށް ރައްޔިތުން ދެނެގަންނަން ވާނެއެވެ.
2 Responses
ތިވާގޮތަކީ،ރައްފުށުގެތަރައްގީ،ކުރިޔައްގެންދަވާތީ،ވާންޖެހޭގޮތަކީމާލެނޫންތަނެއްނެތުން
ސުކުރިއްޔާ،ސަރުކާރައް
ޚިޔާނާތައި ފަސާދައިގެ ހަމަ މައި ސަރުކާރެއްމިއީ. ވެންޓިލޭޓަރުތަކުގެ ފައިސާ ކޮބޭ. 10މީހުން ލައިގެން ހިންގޭތަނެއް 30 މީހުން ލައިގެން ހިންގާ ރައްޔަތުންގެ ފައިސާއަށް ވަމުންގެންދާ ޚިޔާނާތް ކޮބާ؟ ކުރީކުރި ބޮޑު ވައްކަން އެމްއެމްޕީއަރސީ ގެ ޚިޔާނާތުން ބައިއެޅި އެންމެން ކޮބާ. އެއްވެސް ފައިސާއެއް ލިބިއްޖެތަ؟ ބޭނުންވީ ދައުލަތް އަތުޖެއްސުމެވެ. އޭރުން ކުރިން ކުރިވަރަށްވުރެ ނޯ ޓޮލެރެންސް ގެ ދަށުން ވައްކަން މެކުހަށްޖަހައި އެމްޑީޕީއަށް ގެއްލުނު ވައްކަމުގެ ފުރުސަރު އަނބުރާ ހޯދުމެވެ. އެކަން ވަރަށް ރަނގަޅަށް ކޮށްފިއެވެ. ސޯލިހުރައީސް އަށް ހަމަ ސާބަހެވެ. ޒީރޯ ޓޮލެރެންސްގެ ދަށުން ދެލޯމަރައި ވައްކަން މެކުހަށް ޖަހަން ފުރުސަދެއްވައިގެން ހުންނަވާތީއެވެ. ވައްކަން ކުރީމާ އަޅާނުލާ ނުންނާނީ އެމީހަކަށާއި އެމީހާގެ އައުވާނުންނަށް ބައިއަޅާތީއޭ ބުނެއުޅެވެ.