އެއްބަޑު އެއްބަފާ ދެ އަންހެނުން ޖާމިނުކޮށް އަންމަޓީ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

 

ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމުގެ ތުމަތުކުރެވޭ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) އޭނާގެ އެއްބަޑު އެއްބަފާ ދެ އަންހެނަކު ޖާމިނު ކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

އަންމަޓީގެ ފަރާތުން ޖާމިނުކޮށްފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ އެވެ.

އެމީހުން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފަހު ޝަރީއަތުން ސާފު ކުރަން ބޭނުންވާ ކަންކަން ވަނީ ސާފު ކޮށްފައިވާއިރު، އެތަށް ދުވަސްތަކެއް ވަންދެން ފިލައިގެން ރާއްޖޭން ބޭރުގަ އުޅުނު އަންމަޓީ ފިލައިގެން ނުދާނެކަމުގެ ޔަގީންކަން އެ ދެ މީހުން ވެސް ވަނީ  ދީފަ އެވެ.

އެ ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމާއި އައްމަޓީ ހިލާފްވެއްޖެ ނަމަ އެ އެއްބަސްވުމުގައި ސޮއި ކުރި ދެ މީހުން ޒިންމާ ނަގަން ޖެހޭނެ ކަން ކޯޓުން ވަނީ ހަނދާން ކޮށްދީފައެވެ. އެކަމަށް އެއްބަސްވެ އެ ދެ މީހުން ވަނީ އައްމަޓީއަށް ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ލަންކާގައި އުޅެނިކޮށް އަންމަޓީ ރާއްޖެ ގެނެސް ވަނީ ބަންދުކޮށްފައެވެ. އަދި ދައުވާ އުފުލުމަށް ފަހު ވެސް އޭނާއަށް ދިޔައީ ބަންދުގެ މުއްދަތު ޖަހަމުންނެވެ. އަދި ފަހުން ޝަރީއަތް ނިމެންދެން އަންމަޓީ ބަންދުކުރި އެވެ.

 

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލި ނަމަވެސް އޭނާ ދޫކޮށްލައިފައި ވަނީ ޝަރުތުތަކެއް ކުރުމަށްފަހުގައެވެ. އެގޮތުން ޝަރީއަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާން ޝަރުތުކޮށްފައި ވެއެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު 9:00 އަށް ފުލުހަށް ހާޒިރުވެ ސޮއި ކުރަން ޖެހޭއިރު. މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުއާމަލާތް ނުކުރުންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ދިއުން ވެސް މަނަލެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ އަންމަޓީއަކީ ފިލައިގެން ދިއުމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. ގާނޫނުގައި ކަފާލާތުގެ ދަށުން ދޫކޮށްލުން އޮތް ނަމަވެސް މި މައްސަލައިގެ ބާވަތުންނާއި ކުރިން ކަން ހިނގާފައި އޮތް ގޮތުން އޭނާއަކީ އަދިވެސް ފިލައިފާނެ ކަމުގެ އިހުތިމާލް އޮތް މީހެއް ކަމަށެވެ.

ދެ މީހުން ޖާމިނުކޮށް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާއިރު, އެ ނިންމުމާ މެދު ހިތް ހަމަ ނުޖެހޭނަމަ އިސްތިއުނާފް ކުރުމުގެ ހައްގު ދައުލަތަށް އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން އަންމަޓީ ވަނީ ޝަރުތުތަކަކާ އެކީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެފަހަރު ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ. އަންމަޓީގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ހިޔާނާތުގެ 42 ދައުވާއަށް އެނާ ވަނީ އިންކާރު ކޮށްފަ އެވެ.

އްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް