ރީކޯ މޫސަ ރައީސް ނަޝީދަށް: މައިންބަފައިންނާ ނުބެހި ސިޔާސީ ޒުވާބުކުރަން އެނގެންޖެހޭނެ

Loading

Facebook
Twitter
WhatsApp

 

 

މައިން ބަފައިންނާ ނުބެހި ސިޔާސީ ޒުވާބު ކުރަން އެނގެން ޖެހޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

 

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ރީކޯމޫސަގެ ބައްޕައާ ބެހިވަޑައިގަތްކަމަށް ވިދާޅުވެ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިންބަފައިންނާ ނުބެހި ސިޔާސީ ޒުވާބުކުރަން ރައީސް ނަޝީދު ދަސްކުރައްވަން ޖެހޭ ކަމަށެވެ.

”މިދުވަސް ހަނދާކޮށްލައްވާ މަނިކުފާނުގެ ބައްޕަ ދުނިޔޭގައ ހުންނެވިޔަސް އަޅުގަނޑު އެއްމެލޯބިވާ ކުޑަ އަލީ ( ބައްޕަ) ވަނީ މިދުނިޔެއާވަކިވެފަ ބައްޕަޔާނުބެހި ސިޔާސީ ޒުވާބުކުރަންއެގެންޖެހޭނެ“ ރައީސް ނަޝީދު ޓެގް ކުރައްވައި މޫސަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އެމްޑީޕީ އިސްލާހުކުރުމަށް ރީކޯ މޫސާ ގޮވާލި ގޮވާލުމާއި ގުޅޭގޮތުން އެމަނިކުފާނާއި ސުވާލުކޮށްފައެވެ.

އެ ސުވާލާއި ގުޅިގެން ރައީސް ނަޝީދުވަނީ  ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިނގައިދިޔަ ހާދިސާތަކެއް ކަމަށް ވިދާޅުވެ ކުޑަ އަލީ ކިޔާ މީހެއްގެ ވާހަކަ ވިދާޅުވެ ދެއްވާފައެވެ.

ނަޝީދު ވިދާޅުވީ އެ ދުވަސްވަރު ކުޑަ އަލީ ކިޔާ މީހަކު މާލޭގައި އުޅުނު ކަމަށެވެ. އޭރު އަމަން އާންމުގައި ހުންނެވީ އަބްދުލް ހަންނާނުކަމަށާ އޭރު ކުޑަ އަލީ އެކި މީހުންނޭ ކިޔައިގެން އެކި އެއްޗެހި ކިޔާ ކަމަށެވެ.

“ ނާސިރޭ ކިޔައިގެންވެސް ކިތަންމެ އެއްޗެއް ކިޔައިފި.އެންމެފަހުން ނާސިރު ވިދާޅުވީ އަބްދުލްހަންނާން އަރިހުގައި ދެން ކުޑަ އަލީ ދޫކޮށްލައިގެން އަޅުގަނޑުމެންނަށް ވެރިކަން ނުކުރެވެންޏާ، ދެން ނުކުރާންވީ ނޫންހޭ.“ ނަޝީދު ވިދާޅުވިއެވެ.
ރީކޯ މޫސަ އާއި ރައީސް ނަޝީދަކީ އެމްޑީޕީ އުފެދިގެން އައިއިރު ވަރަށް ގާތްކޮށް އުޅުއްވި ދެބޭފުޅުންނެވެ. ނަމަވެސް މިހާރު އެ ދެބޭފުޅުންނަކީ ސިޔާސީ ބޮޑެތި ބަހުގެ ހަމަލާތައް ބަދަލުކުރާ ދެ ބޭފުޅުންނަށް ވަނީ ވެފައެވެ.

 

Loading

2 Responses

  1. އެހެންވެޔޭ މަމެން ބުނަނީ އެސޮރަކީ މަގުމަތީގަ އުޅޭ ވަކަރުގޭ ސޮރެކޭ . ވެރިކަން ލިބުނީމަވެސް ދިއްދުއަށް ގޮސް ހަރުގެ ތަކުގަ މީހުނާ ޒުވާބު ކުރީ

Leave a Reply to ސަންފަ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް