ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް ޝާހިދު ސަސްޕެންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

 

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީން ބުނީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑްކުރީ އޭނާއާ ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހުކަމަށެވެ.

އެގޮތުން ކްރިމިނަލް މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާކަމުގައި ކުރެވިފައިވާ ތުހުމަތަށް އިއުތިރާފް ވެފައި ވާތީއާއި ތަހުގީގަށް ހޯދުނު އެހެނިހެން ހޯދުންތަކުންވެސް އެ މައްސަލަތައް ބަލަމުން ނުދާކަމަށް ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ.

ޝާހިދުގެ މި އަމަލަ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމުގައި ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނގެ ގާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ 14 ދުވަހަށް ސަސްޕެންޑް ކުރުމަށް  މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

Loading

One Response

Leave a Reply to އައިސް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް