ދިވެހިން ބައިބައިކޮށް ދިވެހިން ވިއްކާލާ ދީނީ މިނިވަންކަން ދިނުމުގެ މަސައްކަތް ރައީސް ކުރައްވާ: އަބްދުއްރަހީމް

Loading

Facebook
Twitter
WhatsApp

 

ދިވެހިން ބައިބައިކޮށް ދިވެހިން ވިއްކާލާ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައީސުލް ޖުމުހޫރިއްޔާ މަސައްކަތްކުރައްވާކަމުގެ ތުހުމަތު އިދިކޮޅު ލީޑަރު އަބްދުއްރަހީމް އަބްދުއްލާ ކުރައްވައިފިއެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހީން ބައިބައިކުރުމުގެ މަސައްކަތް ރައީސް ސާލިހު އާއި މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

”ދިވެހީންގެ ޒަމާންވީ އެކުވެރިކަމާ އެއްބައިވަންތަކަން ނަގާލާ، މިނިވަންކަމާ ގައުމިއްޔަތު ވިއްކާލާ ދިވެހީން އަޅުވެތިކޮށް މި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމުގެ މަސައްކަތްކުރަނީ ހުދު މަނިކުފާނާ މަނިކުފާނުގެ ސަރުކާރުން“ ރައީސް ސާލިހު ޓެގް ކުރައްވައި އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި، އިޖުތިމާއީ އަދަބު އަހްލާގުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތްކުރާ ކަމަށާ މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނެ އަހްލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ.

އަދި މީގެ އިތުރުން މި ޖަލްސާގައި ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދަށް ރައީސް ސާލިހު އަރުވާފައިވުމާއި ގުޅިގެންވެސް އަބްދުއްރަހީމް ވަނީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅެވެ ވާހަަކފުޅު ދައްކަވާފައެވެ.
މިކަމާގުޅިގެން ނުރުހުން ފާޅުކުރައްވައި ޕީޕީއެމް ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ގައުމީ ދުވހުގައި އެ ލަގަބު ޝާހިދަށް ދެއްވުން އެއީ ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާޔެއްކަމަށް ސިފަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ކްރިސްޓިއަން ދީނުގެ މީހުން އަޅުކަންކުރާ ފައްޅިއަކަށް ޝާހިދު ޒިޔާރަތްކުރައްވައި އަޅުކަމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމުން ސަރުކާރުން އޭނާއަށް އެރުއްވީ ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންގެ އިއްޒަތް ކަމަށެވެ.

އަދި ޝާހިދުވަނީ ގާނޫނު އަސާސީއާ ހިލާފުވެފައި ކަމަށާއި އ.ދގެ އާއްމު މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތުމާއެކު ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

 

 

 

Loading

3 Responses

  1. ކަދުރޭ ވަގަށް ޓިނު ވިއްކާތީ .ކަދުރޭއަށް ހީވަނީ އެހެން މީހުންވެސް އަތުޖެހުނުހާ އެއްޗެއް ވިއްކާނޭ

  2. ރައްޔަތުނަށް ހީވޭ ކޮންމެ މީހަކަށްވެސް ދިވެހި ދައުލަތް ހިންގިދާނެހެން. އެހެންވީމާ ވާނެ ހައެތި މިދަނީ މި ގައުމަށް ވަމުންނެވެ. ކަލޭމެން ސަންދާނު ގުރޫޕު މައުމޫނުގެ ވެރިކަން ދުއްވާލަން އަންނިއަށް ސަޕޯޓްކޮށް ޖެއްސިގޭމް މިއޮތީ ދައުލަތަށް ބަލާއަކަށްވެފައެވެ. މައުމޫނުގެ ވެރިކަން ދުއްވާލެވިއްޖެއެވެ. ނަމަވެސް ދައުލަތު ފުނޑުނީ ނޫންހެއްޔެވެ. ކަލޭމެންގެ ގޭގެ ބަދިގޭގައި ކަންކަން ޗެފްއެއްވެސް ނުލާނެ ހަމަ ކޮންމެ ކޮންމެ މީހެއް. ތަޖުރިބާ ހުންނަންޖެހޭ. ކައްކަން އެނގެން ޖެހޭ. އެހެނަސް ގައުމަށްޓަކައި ރައްޔތުންނަށްޓައި ދީނަށްޓަކައި ދިވެހި ދައުލަތް ހިންގަން ހަމަ އަންމެ ކަލެޔާ ކާއްޓޭއައި ނާއްޓޭވެސް އޯކޭ. ކަލޭމަނަށް ރަނގަޅަށް އެނގޭނެ އަންނިއަކީ އަބަދު ހަމައިގައި ހުންނަން ބޭނުންވާ ބިޑި ބޯ މީހެއްކަން. ދެން ހަމަ ރަނގަޅަށް އެނގޭނެ އެފަދަ މަގުމަތީ ސަކަރާތްޖަހަން އުޅޭ ސޮރަކަށް ދިވެހި ދައުލަތެއް ނުހިންގޭނެކަން. އެފަދަ މަގާމެއް ހިންގަން ބުއްދިއެއްވެސް ނުހުންނާނެކަން. ދެން ދީނަށްޓަކަޔޯ؟ ކޮން ދީނެއް؟ އޭނަޔަށް ނަސޯރާދީނުގެ ނެށުންތައްވެސް މާރަނގަޅަށް ނަށަން އެނގޭނީ އިސްލާމް ދީނަށްވުރެ. ދެން ހެޔޮތާ އަދާލަތުގެ ބޮޑު ޝޭޙުން ސޭކުކޮށްގެން ނަމަވެސް އެވެރިންނަށް ބައިއަޅާގޮތަށް މިފަހަރުވެސް ގޭމް ޖައްސާ އިންޑިއާ ގެ ގޮރި ގޮރަށް އަޅުކަން ކުރާ މީހުންގެ އެނހީއާއިއެކު ދައުލަތް ޖަހައިގަތީ. ވީއިރު ކަލޭމެން ސަންދާނު ގުރޫޕްވެސް ޒިންމާ ނަގަންޖެހޭ. އަދި ރަނގަޅަށް އެބަ އެނގެންޖެހޭ ކޮންމެ ކޮންމެ މީހަކު ތިބާގެ މަސްދޯނީ ކޮޔޮޅަކަށްވެސް އޯކޭ އެއް ނޫވާނެކަން. ދިވެހިންނަށް މިކަން އެނގުނުދުވަހަކުން ދެން މިގައުމު ސަލާމަތްކުރެވޭނީ. މިބުނެވުނީ ވަރަށް ބައިވަރު ވާހަކައެވެ. ވިސްނާށެވެ. ހޭލާށެވެ. ގައުމު ވިއްކުމުގައި ތިބާގެ ވޯޓް ވިއްކާނުލާށެވެ. ސޭކު ޝޭޚުންނަށްވެސް ނޫނެކޭ ބުނާށެވެ. އިއްޔެ އެއީ ފަޚުރުވެރި ގައުމީ ދުވަހެވެ.

  3. ހައިދަރުބެ ގެނަމުގައި ކުރައްވާފައިވާ ކޮމެންޓުން އަޅުގަނޑަށް ފާހަގަމިކުރެވުނީ ގައުމުގެ މިއަދުގެ ޙާލަތަށްޓަކައި އެ ބޭފުޅާގެ ހިތްޕުޅުގައި އުފެދިފައިވާ އުދާސް ތަކެވެ. އަޅުގަނޑުމެން ސަންދާނު ޓީމުގެ އުދާސްތަކަކީވެސް ހަމަތިޔައީއެވެ. އެހެންކަމުން ހައިދަރުބެއަށް ސަންދާނާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާކަމަށްފެންނާތީ ދަންނަވަމެވެ. ސަންދާނު އުފެދުމުގެ އެންމެ ފުރަތަމަ މަގްސަދަކީ ރައީސް މައުމޫނުގެ ދިގުދެމިގެންދިޔަ ވެރިކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކަމަށް ގަބޫލުކުރެވުނީތީވެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭ ނިޒާމަކަށް ވަކާލާތު ކުރުމެވެ. ވަކިބޭފުޅަކަށް ވެރިކަން ހޯދާދިނުމަކަށް ސަންދާނު އެއްވެސް އިރެއްގައި ވަކާލާތެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އަދި ހަމައެފަދައިން އެދުވަސްވަރުގެ ބައެއްނޫސްތަކުގައި ޝާޢިއުކުރަމުންގެންދިޔަފަދަ އިންސާނީ ކަރާމަތަށް އުނިކަން އަންނަ ލިއުންތަކަށް ސަންދާނު ގަދައަށް ނަފްރަތު ކުރީމެވެ. ރައީސް ނަޝީދުގެ ވެރިކަން ރައީސްވަޙިދުގެ ވެރިކަން ރައިސް ޔާމީނުގެ ވެރިކަން އަދި މިހާރު ރައީސް ސާލިޙުގެ ވެރިކަމަކީ ރައްޔިތުންގެ ނިންމުމެކެވެ. ރައްޔިތުންގެ އެ ނިންމުން ނާޖާއިޒް ގޮތުގައި ބޭނުންކުރަމުންދާތަން ފެނުމުން ރައްޔިތުންނާހަމަޔަށް އެކަންތައް ހާމަކުރުމަށްޓަކައި ސަންދާނުން މަސައްކަތްކުރާނެއެވެ. ނަސްދާނަކީ ވެރިކަމަށް އިސްކުރެވޭ މީހާ ރުއްސަން ބޭނުންކުރާ ބޮލިރަވައަކަށް ނުވާނެއެވެ.

Leave a Reply to ތާޑީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް