ލ. ގަން އަނެއްކާވެސް މޮނިޓަރިން އަށް ލައިފި!

Loading

Facebook
Twitter
WhatsApp

ލ. ގަމުގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެވްޕީއޭ)ން ވަނީ ގަން މޮނިޓަރިންއަށް ލައި އެކަން އެރަށު ކައުންސިލަށް އަންގާފައެވެ.

ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މޮނިޓަރިންއަށް ލާފައިވާކަން އަންގާ ލިޔުމުގައި ބުނެފައިވަނީ އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަ އާއި ނުލައި ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

 

ގަމުކައުންސިލް އިދާރާއިން ބުނީ އެރަށުން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި އަށް މީހަކުވާކަމަށެވެ. އަދި މިއަދު އަލަށް އެކަކު ޕޮޒިޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވާ މީހުންނާ ބައްދަލުވި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ހިމެނޭ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

އެގޮތުން މިހާތަނަށް 380 ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލް ވެސް ނެގެޓިވް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ގަމު ކައުންސިލުން ބުނީ އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލްތައް ވެސް ނެގެޓިވް ވުމުގެ ސަބަބުން އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ނުބެލެވޭ ކަމަށެވެ.

 

ރަށު ކައުންސިލުން ވަނީ ހުރިހާ އެންމެންވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާސްކު އަޅުއްވާ ގޭގައި މަޑުކުރަން އިލްތިމާސް ކޮށްފައެވެ.

މީގެ ކުރިންވެސް ކޮވިޑް ފެތުރުމާއި ގުޅިގެން ގަން މޮނިޓަރިން އަށް ލާފައިވެއެވެ.

ގަން މޮނިޓަރިންއަށް ލާފައިވާއިރު ގަމާ ގުޅިފައި އޮންނަ ފޮނަދޫގައި ވެސް ކޮވިޑް ޖެހިފައި ތިބި 19 މީހަކު މިވަގުތު އެބަތިއްބެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް