2023 ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ގެސްޓްހައުސްއާއި ހޯމް ސްޓޭ ތަޢާރަފް ވެގެންދާނެ- ރައީސް

Loading

Facebook
Twitter
WhatsApp

​ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ތައާރަފް ވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

​ރައީސް ސޯލިހް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރޭ މުނާސަބަތުގެ ކައުންޓްޑައުން ފެށުމުގެ ޙަފްލާގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ​ކައުންޓްޑައުން އިވެންޓުގައި އިތުރަށް ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރައިލުން ކަމަށެވެ. އެކަން ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

”ރަށްރަށަށް ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމެއް އެބަ ހަމަޖައްސަންޖެހޭ. ސާފު ބޯފެނާއި ނަރުދަމާ ނިޒާމެއް ކޮންމެ ރަށެއްގައި ގާއިމުވެފައި އޮންނަން އެބަ ޖެހޭ. އެ ހުރިހާ ރަށެއްގައި ޒަމާނީ މުވާސަލާތީ ހިދުމަތްތައް ތަރައްގީ ކުރަން އެބަ ޖެހޭ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

​ފަތުރުވެރިކަމުގެ ޞިނާޢަތުގެ ފައިދާ އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާ އަދި ތިމާވެއްޓަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

​އެ ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާނެ ދުވަހެއް ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ރިސޯޓު، ކުރުނބާ ވިލެޖު ހުޅުވި ދުވަސް ކަމަށްވާ އޮކްޓޫބަރު ތިންވަނަ ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް