ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހައްޔަރުކޮށް ހަރުކަށި ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

 

 

ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ކާށިދޫ ކައުންސިލުން ގޮވާލައިފިއެވެ.

ބުދަ ދުވަހު މަޖިލީހުގައި ކުރިއަށް ގެންދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި  ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަންކޮށް އުޅެވޭނެ މާހައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ.

އެ ވާހަކަތަކާ ގުޅިގެން ކާށިދޫ ކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައވައި އިއްޔެ ވަނީ ގަރާރެއް ނެރެފައެވެ.
އެ ގަރާރުގައި ބުނެފައިވަނީ ދީނީ މިނިވަންކަމަށް ވަކާލާތުކޮށް މަޖިލީހުގައި ޖާބިރު ދެއްކެވި ވާހަކައަކީ އިސްލާމް  ދީނުގެ އަސްލުތަކާއި ދިވެހި ރާއްޖޭގައި އަމަލުކުރުމަށް ހެދިފައިވާ ގާނޫނުތަކާ ހިލާފް ވާހަކަތަކެއް ކަމަށެވެ.

“ މި ކައުންސިލުން އޭނާގެ އެ ވާހަކަތަކާއި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދި އޭނާ ހައްޔަރުކޮށް، ތަހުގީގުކޮށް، ޝަރުރީ ގޮތުންނާއި ގާނުނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އޭނާއާ މެދު އެޅުމަށް ސަރުކާރަށާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ.“ އެ ގަރާތުގައި ބުނެފައި ވެއެވެ.

އަދި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި ދެއްކި ވާހަކަތަކަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް އޭނާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ދާއިރާގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި މަޖިލީހުގައި ވާހަކަދައްކަވާއިރު ޒިންމާދާރުކަމާއެކު އެކަން ކުރެއްވުމަށް ޖާބިރަށް ނަސޭހަތްތެރިވާކަމަށްވެސް ގަރާރުގައިވެއެވެ.

މަޖިލީހުގައި ބުދަދުވަހު ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ  މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށާ ދުނިޔޭގެ އެހެން ގިނަ ގައުމުތަކޭ އެއްފަދައިން ދީނީ މިނިވަން ކަމުގައި ޔުނިވާސަލް ޕްރެކްޓިސް އެއް ގެންގުޅެން ޖެހޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖާބިރުގެ ވާހަކަފުޅާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުންތައް އޭނާ އަށް ވަނީ އަމާޒުވެފައެވެ.

Loading

One Response

  1. Maalasves vejje. Mifadha jaahil gadhdhaarunge kibain Gaumu salaamaiy kuran jehey. Solih Raees akah ekameh nuvaane. E ee hoara Ibbe vea dhookoli Raees

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް