​3ވަނަ ފަހަރަށް ތަށި އުފުލާލަން ސަޕޯޓަރުން ތައްޔާރަށް!

Loading

Facebook
Twitter
WhatsApp

އަންނަ ހުކުރު ދުވަހު ފަށާ ސަރަހައްދުގެ ފުޓްބޯޅަ އީދު، އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ތިން ވަނަ ފަހަރަށް ތަށި ހޯދައިދުނުމަށް ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ކަމަށްވާ ސަޕޯޓަރުން ތިބީ ތައްޔާރަށެވެ.

ދިވެހިންގެ ސަޕޯޓް ރާއްޖޭގެ ޓީމަށް އޮތްކަން މިއަދު ޓިކެޓް ގަންނަން ހަދާފައިވާ ދިގު ކިޔޫއިން ހާމަވެގެން ދިޔައެވެ. މިއަދު މެންދުރު ފަހު 2 ޖެހިއިރު ޓިކެޓް ވިއްކަން ފަށިއިރު އޭގެ ގަޑިއެއްހާއިރު ކުރިން ވެސް ކިޔުގައި ޖެހުނު މީހުން ތިއްބެވެ. އޮލިމްޕަސް ކުރިމަތީގައި ހުންނަ ޓިކެޓް ކައުންޓަރު ކައިރީގައި ހަދާފައިވާ ކިއު ވަނީ ގަލޮޅު ދަނޑުގެ ވީއައިޕީ ގޭޓާއި ހަމައަށް ދިގުދެމިފަ އެވެ.

މިއަދު ވިއްކަމުން ދަނީ ފުރަތަމަ ދުވަހުގެ ދެ މެޗުގެ ޓިކެޓެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އެވެ. އެރޭ ކުޅޭ މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.​

ދަނޑަށް ވަންނަ ޓިކެޓުތަކުގެ ތެރެއިން ގޮނޑިބަރީގެ ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓު އުޅެނީ 75 ރުފިޔާއަށެވެ. ޓިކެޓު ވިއްކަން ފަށާނީ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އާއި ހަމައަށެވެ. މީގެއިތުރުން މާދަމާ ޓިކެޓު ވިއްކާނީ ހެނދުނު 10:00 އިން އިރުއޮއްްސި 18:00 އަށް އަަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގައި ކުޅޭ ދެ މެޗުގެ ޓިކެޓުތައް މިއަދު ވިއްކަން ފަށާފައި ވާއިރު، ކޮންމެ މީހަކަށް ވެސް ގަނެވޭނީ ގިނަ ވެގެން ފަސް ޓިކެޓެވެ. އަދި ޓިކެޓް ގަންނަން އަންނަން އިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންނަން ޖެހޭނެ ކަމަށް އެފްއޭއެމްއިން ބުނެ އެވެ. މިފަހަރުގެ ޓިކެޓުގައި ހާއްސަ ސެކިއުރިޓީ ފީޗާއެއްވެސް ހިމަނާފައިވެއެވެ.

​“ތިންވަނަ ފަހަރު، މީއެފަހަރު“ މި ޝިއާރުގެ ދަށުން ގައުމީ ކެމްޕެއިން ފެށިއިރު މާލެތެރެއިންވެސް މިހާރު ވަނީ ޕޯސްޓަރުތަކާއި ދިދަތަކުން ޒީނަތްތެރިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް