ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވައިލައްވައިފިއެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަންކޮށް އުޅެވޭނެ މާހައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ.
ޖާބިރު ވިދާޅުވީ މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
“ އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. ’لَكُمْ دِينُكُمْ وَلِيَ دِينِ‘ މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ ގައުމެއް،“ ޖާބިރު ވިދާޅުވެފައިވެއެވެ.
ޖާބިރު ވިދާޅުވީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކޭ އެއްފަދައިން ދީނީ މިނިވަން ކަމުގައި ޔުނިވާސަލް ޕްރެކްޓިސް އެއް ގެންގުޅެން ޖެހޭކަމަށެވެ.
”އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،“ ޖާބިރު ވިދާޅުވި އެވެ.
ދީނީ މިނިވަންކަމަށް ގޮވާލާ ޖާބިރު ރައްޔިތުންގެ މަޖިލީހުގައި ހާވަކަފުޅު ދެއްކެވިއރު މަޖިލީހުގެ ރިޔާސަތު އެވާހަކަތަކާގުޅިގެން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މިއީ މަޖިލީހުގެ މެންބަރަކު މަޖިލީހުގައި މި މޭރުމުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ފަހަކަށް އައިސް ޖާބިރު ދައްކަވާ ވާހަކަފުޅުތަކުންނާއި އުޅުއްވުން ހުންނަ ގޮތުން ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
3 Responses
Jaabiru ehengaumakah dhey kihaabodu balaaveri kameh.
Jabber akee buhdhi goasvefa huri meeheh efadha Meehan dhahkafaane konme vaahakaehves
ޖާބިރަކީ އިންސީންގެ ތެރެއިންވާ ޝައިޠާނެކެވެ.