ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ތިބި މީހުން އެނގޭނެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ތާއާރަފްކޮށްފިއެވެ.

އެ އޭޖެންސީގެ ޑިޖިޓަލް ކޮވިޑް ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފައިވަނީ އިއްޔައެވެ. މި ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފައިވަނީ ”ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓު“ގެ ނަމުގައެވެ.

މި ޕޯޓަލް މެދުވެރިކޮށް އެއްތަނަކުން، އެމީހެއްގެ ކޯވިޑް-19 ގެ ޙާލަތު ބަލައިލާ ހިއްސާ ކުރެވޭނެއެވެ

​ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފެންވަރަށް ހަދާފައިވާ ޕާސްޕޯޓެއްކަމަށް އެޗްޕީއޭއީން ބުންޏެވެ.

ކޮވިޑްސޭފް ޕޯޓަލް“ އަކީ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓެވެ. ކޮވިޑްސޭފް އިން ވެކްސިން ޑޯޒާއި، ކޮވިޑް-19 ގެ ސިއްޙީ ޙާލަތުގެ އިތުރުން ކަރަންޓީން ޙާލަތު ޑިޖިޓަލްކޮށް ކަށަވަރު ކޮށްދެއެވެ.

މި ވެކްސިން ޕާސްޕޯޓުން އެ މީހަކު ވެކްސިން ފުރިހަަމަކޮށްފައިވާކަން އެނގިގެންދާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ވެކްސިންގެ މައުލޫމާތު ވެސް ފެންނަން ހުންނާނެއެވެ. މީގެ އިތުުރުން ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހައިފައިވާނަމަ އެ މައުލޫމާތު ވެސް ޕާސްޕޯޓުގައި ހިމެނެފައި ހުންނާނެއެެވެ.

މި ޕޯޓަލްއިން އެމީހެއްގެ މަޢުލޫމާތު ހަމައެކަނި ފެންނާނީ އެޗްޕީއޭއަށް އެމީހަކު ދީފައިވާ ފޯނުނަންބަރެއް މެދުވެރިކޮށް އެމީހަކު ކަށަވަރުކުރެވިގެންކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީހެއްގެ ކޯވިޑްސޭފް ޙާލަތައް ބިނާކޮށް ދެވޭ ރަސްމީ ލިއުމަކީ ވަދެ ނިކުތުން ނުވަތަ އަރާ ފޭބުން މަނާ ތަންތަނުގައި ބޭނުން ކުރެވޭނެ ގޮތަށްވެސް ފަރުމާ ކުރެވިފައިވާ ރަސްމީ ލިޔުމެެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސައްޙަ ޑިޖިޓަލް ކޯވިޑްސޭފް ޙާލަތު ދެއްކުމުން ރާއްޖޭގެ އެއްވެސް ސަރަހެއްދެއްގައި އިތުރު އެއްވެސް ފިޒިކަލް ލިޔުމެއް ބޭނުމެއް ނުވާނެކަމަށެވެ..ރާއްޖެއިން މިހާތަނަށް 333،662 މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް