​ޖާބިރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން އަންގައިފި!

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސަން އަންގައިފިއެވެ.

ޖާބިރަށް ސެކިއުރިޓީ ދޭން އެދިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އއ. މަތިވެރިއަށް އޭނާ ވަޑައިގަތުމުން ބަޔަކު ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. ޖާބިރު އެ ރަށަށް ވަޑައިގަތުމުން އެ ރަށުގައި ހިންގި ހަމަނުޖެހުންތަކުގައި އޭނާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި މަތިވެރިން ހައްޔަރު ކުރީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއި ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުން އެދިއްޖެ ހާލަތެއްގައި ސިފައިންގެ ސެކިއުރިޓީ އެ މެންބަރުންނަށް އަރުވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް