މަތިވެރިން ޖާބިރަށް ހަމަލާދޭން މަސައްކަތް ކޮށްފި!

Loading

Facebook
Twitter
WhatsApp

​ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުންގެ ބަޔަކު ނިކުމެ އަޑުއުފުލައި ހަމަލާ ދޭން މަސައްކަތްކޮށްފިއެވެ.

ޖާބިރަށް ހަމަލާދޭން މަސައްކަތް ކޮށްފައިވަނީ މިއަދު އިރުއޮއްސިގެން ދިޔަ ވަގުތު އެ ރަށުގެ ޒުވާނުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

​ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ އެރަށުގައި އޭނާ ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސް ބައްލަވާލެއްވުމަށެވެ.

އޭނާ އަށް ހަމަލާ ދިނުމުން ޖާބިރު މިރޭ ފުރަތަމަ ވަޑައިގެން ހިމާޔަތް ހޯއްދެވީ ވެސް ޕޮލިސް ސްޓޭޝަނުންނެވެ. ޖާބިރު ޕޮލިސް ސްޓޭޝަންގައި ހުންނަވަނިކޮށް މަތިވެރިއަށް މިހާރު ވަނީ އިތުރު ފުލުހުން ގޮސްފައެވެ.

މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު މިރޭ ޖާބިރާއި ދެކޮޅަށް އަޑުއުފުލަން ނިކުތީ އޭނާ ގެސްޓްހައުސްއެއް ހަދާފައިވާ އެރަށުގެ ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ. ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެބިމުގެ ކުލީގެ ގޮތުގައި ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށް މަތިވެރީ އާއްމުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް