ކޮވިޑް19: އަދަދުތައް މައްޗަށް!

Loading

Facebook
Twitter
WhatsApp

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 220 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 164 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 5 މީހަކާއި ސަފާރީތަކުން 6 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 45 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއީ ފާއިތުވި އެއްމަސް ދުވަހުގެތެރޭ 24ގަޑިއިރުގެ ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވެ 200 އިން މަތިން ޕޮޒިޓިވް ކޭސް ރެކޯޑުކުރެވުނު ދުވަހެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 83,875 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,694 އެކްޓިވް ކޭސް ހިމެނޭއިރު 20 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 229 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 81,939 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް