އައްޑޫގެ ކާފިއު އަނެއްކާވެސް އިތުރުކޮށްފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ގެ ހާލަތު ގޯސްވެ އައްޑޫ ސިޓީގައި ކާފިއުގެ މުއްދަތަށް ހަފްތާ އެއް އިތުރުކޮށްފިއެވެ.

އައްޑޫގައި ކާފިއު ހިންގަނީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށެވެ. ކާފިއު ވަގުތު ފިހާރަތަކާއި ކެފޭ/ހޮޓާ އަދި އާންމު ހިދުމަތް ދިނުން މަނަލެވެ. ނަމަވެސް ހާއްސަ ހުއްދައެއް ނަގައިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އައްޑޫގެ ކާފިއު އިތުރުކުރި ނަމަވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑުއަޅުއްވާ ގޮތުގެ މަތިން ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅުތަކަކާއެކު އައްޑޫގެ ހުރިހާ ސުކޫލެއްެގެ ކިޔެވުން މިއަދުން ފެށިގެން ފެށޭނެ ކަމަށް އައްޑޫ ކަައުންސިލުން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.

އައްޑޫ ގައި ކޮވިޑް19 ފެތުރެން ފެށުމާއި ގުޅިގެން، އެވަގުތު ހާލަތަށް ރިޔާއަތް ކުރައްވާ ސުކޫލް ތަކުގެ ގުރޭޑް 9 އިން ދަށުގެ ކުލާސްތަކުގެ ކުދިން ސުކޫލަށް ހާޒިރުކޮަށްގެން ކިޔަވައި ދިނުން އޮތީ މެދުކަނޑާލާފައެވެ.

އައްޑޫސިޓީގައި 1237 މީހަކަށް ބަލި ޖެހުނެވެ. އޭގެ ތެރެއިން 1010 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ބަލިން ފަސޭހަނުވެ ތިބީ 224 މީހެކެވެ.

ހޮސްޕިޓަލްގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު ތިން މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް