އަނިޔާވެރިގޮތަކަށް އިޓަލީގައި ދިވެއްސަކު މަރާލައިފި!

Loading

Facebook
Twitter
WhatsApp

އިޓަލީ ވިލާތުގައި ދިރިއުޅޭ ދިވެއްސަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.

މަރާލައިފައިވަނީ ​ހދ. ނޮޅިވަރަންފަރު، ވައިމަތީގޭ މަހްމޫދު އިމާދެވެ. އޭނާއަކީ ހދ. މައިވާދޫން ނޮޅިވަރަންފަރަށް ބަދަލު ކުރި މީހެކެވެ. އުމުރަކީ 44 އަހަރެވެ. އޭނާ އަކީ އިޓަލީވިލާތުގެ މީހަކާއި ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. ނަމަވެސް މިވަގުތު އޭނާގެ އަނބިމީހާ އާއި ބަފައިބެ ތިބީ ރާއްޖޭގައެވެ.

މަހްމޫދް އިމާދު މަރާލައިފައިވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ގޯތިތެރޭގައި ދަންޖައްސާފައި ކަމަށާއި އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަރާލި ސަބަބު އާއިލާއަށް ވެސް އެނގިފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީ ކޮށް އަދި ލިބިފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް