ކޮވިޑް 19: އަދަދު ތައް ދަށަށް!

36

އިއްޔެ ކޯވިޑް19 އަށް ފައްސިވެފައިވަނީ 92 މީހުންނެވެ. މީގެ ކުރިން ކޮވިޑް ކޭސްތައް އުޅުނީ 100 އިން މަތީގައެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 51 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 3 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް

38 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 83,162 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,832 އެކްޓިވް ކޭސް ހިމެނޭއިރު 21 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 227 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 81,090 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ