ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް ހަދަން އިންޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ކެންސަރަށް ފަރުވާދޭ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި އަޅުމުގެ މަޝްއުގެ މަސައްކަތައް ފެށުމަށް އިންޑިއާގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ދޭން ރާއްޖޭގައި ހަދާ ފުރަތަމަ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ދެ އޮންކޮލޮޖިސްޓުން (ކެންސަރަށް ހާއްސަ ޑޮކްޓަރުން) ވެސް ހިމެނޭ ގޮތަށް ރާއްޖެ އައިސްފައި ވަނީ މުމްބާއީގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ ޓީމެކެވެ.

އެ ޓީމުން ގަމުގެ ޕްރިލިމިނަރީ ސާވޭއެއް ހަދާ، ރަށުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ބެލުމަށް ވަނީ ހަމަޖައްސާފައެވެ.

 

މި ހޮސްޕިޓަލް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ލޯންގެ ތެރެއިންނެވެ.

އެ ލޯނު ދައްކަން ފަށަން 5 އަހަރު ދުވަހުގެ މުއްދަތެއް (ގްރޭސް ޕީރިއަޑް) ދީފައިވާ މި ލޯނަކީ 1.75 ޕަސެންޓް އިންޓްރެނސް ރޭޓުން 20 އަހަރުގެ ތެރޭގައި ފައިސާ ދައްކާގޮތަށް ނަގާ ލޯނެކެވެ.
ޓީއެމްސީން ބުނީ މި ޕްރޮޖެކްޓްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދޭ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ކެންސަރު ބަލީގެ ގިނަ ތަހުލީލުތައް ކޮށް، ބަލިތައް ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެ ކަމަށް ބުނެއެވެ.

ޓީއެމްސީން ބުނީ މި މަޝްރޫގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމާ ބެހޭ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން  ނަރުހުންނާއި، ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި  މުވައްޒަފުން ހިމެނޭ ގޮތަށް ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށެވެ.

ޓީއެމްސީ އަކީ އިންޑިއާގައި ގައުމީ ފެންވަރުގައި ކެންސަރު ބަލިން މީހުން ރައްކާތެރިކުރުމަށް ޕްރޮގްރާމް ހިންގާ އަދި ކެންސަރު ރިސާޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ.

ކެންސަރު ބަލީގައި ގިނަ އަދަދެއްގެ މީހުން މަރުވާއިރު، ކެންސަރުބަލި ވެފައިވަނީ ރާއްޖޭގެ ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވާ ބައްޔަށެވެ.

Loading

One Response

Leave a Reply to Ali Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް