​އައްޑޫން އިތުރު 18 މީހަކު ކޮވިޑަށް ފައްސިވެ، ކާފިއު ހިންގަނީ!

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގެ ކޮވިޑް19ގެ ހާލަތު ގޯސްވެ މިއަދު އެކަނިވެސް 18

މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު ފައްސިވި 18 މީހުންގެ ތެރެއިން ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވެގެން ފައްސިވެފައިވާ 12 މީހަކާއި ފްލޫ ކްލިނިކަށް ދެއްކި ފަސް މީހެއްގެ އިތުރުން ވަކި ތަރުތީބެއްނެތި ނެގި އެއް ސުންކު ވެސް ވަނީ މީހަކު ފައްސިވެފައެވެ.

​އައްޑޫގެ އަވަށްތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ މީހަކު ފައްސިވެފައިތިބީ މަރަދޫގައެވެ.

ކޮވިޑްގެ މިހާލަތު އިތުރަށް ގޯސްވަމުން ދާތީ އައްޑޫ ސިޓީގައި ކާފިއު ހިންގުމަށްވަނީ ނިންމާފައެވެ.

އައްޑޫ އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް އެ ސިޓީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ސުކޫލުތައް ދެ ހަފްތާއަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކާފިއު ވަގުތު ފިހާރަތަކާއި ކެފޭ/ހޮޓާ އަދި އާންމު ހިދުމަތް ދިނުން މަނާވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ހާއްސަ ހުއްދައެއް ނަގައިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ. ޓެކްސީ ސެންޓަރުތަކަށްވެސް ހުއްދަ ދޭނީ ސެންޓަރަކަށް ދެ ޓެކްސީ އަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އައްޑޫގައި 166 އެކްޓިވްސް ކޭސްވެއެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯހީ މަރަދޫއެވެ. އެ ރަށުގައި 80 މީހަކަށް ވަނީ ބަލިޖެހިފައެވެ. ހިތަދޫގައި 36 މީހަކަށް ވަނީ ބަލިޖެހިފައެވެ. މިއަދުވެސް 18 މީހަކަށް ވަނީ ބަލިޖެހިފައެވެ.

އައްޑޫ ސިޓީގައި ކާފިއު ހިންގަން ފެށުމާއެކު އެސިޓީގެ ގުޅިފައިވާ ރަށްތައް މިވަގުތު ވަނީ ބަންދުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް