2504 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފި!

Loading

Facebook
Twitter
WhatsApp

މިހާރު ސުކޫލްތަކުގެ ދަރިވަރުންނަށް އަމާޒް ކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް ގެ ދަށުން 2504 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެފިއެވެ.

މީގެ އިތުރުން ​އެޑިއުކޭޝަނުން ބުނެފައި ވަނީ ކޮވިޑުން ދިފާއު ވާން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމް މާލެއާއި އަތޮޅު ތެރެއިން 162 ސްކޫލެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ސްކޫލް ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމް ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަވަނަ ދުވަހު ރާއްޖެއަށް ލިބުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން މައުލޫމާތުދޭ ގޮތުގައި 12-17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 40،000 ކުއްޖަކަށް ވެކްސިން ދޭނެއެވެ.

އަންނަ މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުމެވޭނީވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ނިންމާފައިވާތީ، ސްކޫލުގައި މަސައްކަތްކުރާ އެންމެން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޑިޔުކޭޝަނުގެ އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިން ޖަހާ ނިންމާލުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް