އެމްޑީޕީއަކީ ރައީސް ނަޝީދެއްވެސް ނޫން އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެއް ވެސް ނޫން!.

Loading

Facebook
Twitter
WhatsApp

ޒަމާންތަކަށްފަހު ގިނަ ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ބިރަކާނުލައި ވާދަކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީ 2008 ވަނަ އަހަރުއެވެ. އެތައް ބަޔެއްގެ ޙިކުމަތްތެރި މަސައްކަތުގެ ސަބަބުންނެވެ.

ޕާޓީތަކުން ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ ރިޔާސީ ފޯރި ގަދަވެ ރައްޔިތުން ބައިބަޔަށް ބެހިގެންދާ ކަމެކެވެ.

ފުރަތަމަ ބުރުން ހޮވޭނީ ދެ ނަމެވެ. އެހިސާބުން ދެންފެށޭނީ ކޯލިޝަން ކުޅިގަނޑެވެ. ކޯލިޝަން ހެދުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށެވެ.

އޭގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހެއެވެ. އެހެނީ ރިޔާސީ ނިޒާމުގައި ކޯލިޝަން ނުހެދޭ ގޮތަށް މަޖިލިސްއިން ކަނޑައެޅުން ވަރަށް މުހިންމެވެ. އެއީ ކޯލިޝަން ހެދުމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެތައް ކަމަކަށް ހުރަސް އެޅިގެންދާތީއެވެ. ހުރިހާ މޮޅަކާ ހުރިހާފައިދާއެއް ލިބެނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށެވެ. އެހެންކަމާއެކު ކޯލިޝަންގެ ވަބާއިން ދިވެހިންގެ ވެރިކަން ސަލާމަތް ކުރަން ޖެހެއެވެ.

މި ގައުމަށްޓަކާ މިގައުމުގެ ރައްޔިތުންގެ ޙައްގަށް ޓަކައި ޖާނާ މާލުން އެތައް ބަޔަކު ވަނީ ގުރުބާން ވެފައެވެ.

ރައީސް ނަޝީދަކީ ކޮންކްރީޓް ތަރައްގީ އަށް ލޯބިކުރައްވާ ބޭފުޅެއްނޫނެވެ. އެމަނިކުފާނު ތަރައްގީ ކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުމީހާއެވެ. ބޯޅަދަނޑާއި ފުޓުސެލް ދަނޑާއި ނަރުދަމާއާއި ބަނދަރާއި މަގުތަކަށް ތާރު އެޅުންފަދަ ކަންކަމަށް ވުރެ ފުދުންތެރި ރައްޔިތުމީހާއެވެ.

ތަރައްގީއަކީ ރައްޔިތު މީހާއަށް ވާގޮތެއް ކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ރައީސަކީ ރައީސް ނަޝީދެވެ.

ޕްރޮފިސަރ އުގައިލު ފިޔަވާ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވާ އެހެން އެންމެންނަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި މީހުންނެވެ.

މިގޮތުން ރައްޔިތުމީހާގެ ހާސްކަން ފިލުވައި ޖީބަށް ލުއިކުރުމުގެ ވިސްނުން ގެންގުޅުއްވާ ރައީސަކަށް ތާއީދު ނުކޮށް ވައްކަންކޮށް އަމިއްލަ ފައިދާއަށްޓަކާ ވެރިކަން ކުރައްވަން އުޅުއްވާ ބޭފުޅުންގެ ފަހަތަށް ހަމަވިސްނޭ މީހަކު ނައަރާނެއެވެ.

މިރާއްޖޭގެ ސިޔާސީ އެއްވެސް ފަރާތަކުން ރައީސް ނަޝީދަށް ތާއިދެއް ނުކުރައްވާނެއެވެ. އެއީ ގުޅިގެން ވައްކަން ނުކުރައްވާނެތީއެވެ.

ރައީސް ނަޝީދަށް ތާއިދު ކުރުމަކީ އެމަނިކުފާނަކީ އެމްޑީޕީ ކަމަށް ދެކި އެމަނިކުފާނުގެ ވަށައިގެން އެނބުރުމެއް ނޫނެވެ. އަސްލު އެމްޑީޕީގެ ފިކުރަކީ ފުދުންތެރި ރައްޔިތުމީހާ ބިނާކުރުން ކަމަށްވީތީ އެފިކުރު ތަންފީޒު ކުރުމަށްޓަކާ އެމަނިކުފާނުގެ ބޭނުން ރައްޔިތުންނަށް ޖެހެނީ އެވެ.

އެމްޑީޕީގެ އިސް ލީޑަރު ޞާލިޙާއި އެމްޑީޕީގެ ރައީސް ނަޝީދު

ކޮންމެއަކަސް މިހާރު ވެރިކަން ކުރައްވަނީ އެމްޑީޕީއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙުއެވެ. އެކަމާ ދެބަހެއް ނޫނެވެ. އެންމެންވެސް ބޭނުމީ ދެ ރައީސުންގެ ޚިޔާލު އެއްގޮތްކޮށް އެއްބޭފުޅަކުވެސް އަމިއްލަ އެދުން އިސްނުކުރެއްވުމެވެ.

ޕާޓީ ފުނޑާލުމަކީ ވާދަވެރީން ކުރާންޖެހޭ ކަމެކެވެ. އެއީ ސިޔާސީ ގޮތުން ވާދަވެރީން ކުރިއެރުމަށްޓަކާ ކުރަންޖެހޭ ކަމެކެވެ. އެހެންކަމާއެކު އަމިއްލަ އެދުން އިސްނުކޮށް މަޝްވަރާގެ އުޞޫލުން ދެ ރައީސުން ގުޅިގެން އެއްބޭފުޅަކުވެސް ވާދަވެރީންގެ ދަލުގައި ނުޖެހި ޕާޓީއަށް ޓަކައި ތިއްބެވުން މާ ބޭނުމެވެ. އެހެނަސް އެއްބޭފުޅަކު ވާދަވެރީންގެ ދަލުހައި މެހި ވެރިކަމުގެ ހުވަފެންތައް ބައްލަވަން ފަށްޓަވައިފިނަމަ ޕާޓީ ފުނޑިގެން ދާނެކަން، އެނގިވަޑައި ނުގަތުމަކީ ބޮޑު މައްސަލައެއް ނޫންހެއްޔެވެ؟

ރައީސް ނަޝީދަށް ވުރެ އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވުރެވެސް އެމްޑީޕީގެ މެންބަރުންނަށް ޕާޓީ މާމުހިންމެވެ. އެހެންކަމުން ރައީސް އިބޫގެ މަޝްވަރާ ހޯއްދަވަން ވާނީ ވާދަވެރީންނާ ގުޅިވަޑައިގެނެއްނޫނެވެ. އެމްޑީޕީގެ ދެ ރައީސުން ގައުމީ މަޖިލީހުގެ މެންބަރުންނާއެކު ބައްދަލުވުން ބާއްވަވައިގެން ޕާޓީއަށް ފައިދާކުރާ ގޮތަކަށް މަޝްވަރާތައް ބައްޓަން ކުރުން ލާޒިމު ވާނެއެވެ.

އެމްޑީޕީން ކަންކަން ނިންމަން ވާނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއެކު ދެރައީސުން މަޝްވަރާކުރައްވައިގެން ޕާޓީއަށް ގެއްލުންނުވާނެ ގޮތަކަށެވެ.

އެމްޑީޕީއަކީ ރައީސް ނަޝީދެއްވެސް ނޫނެވެ. އަދި ރައީސް އިބޫއެއްވެސް ނޫނެވެ. އެހެންކަމުން އެދެބޭފުޅުން ވެސް ކަންކުރައްވަން ޖެހޭނީ ޕާޓީގެ މެންބަރުން ރުހޭ ގޮތަށް ކަމުގައި ދަންނަވަމެވެ.

ރައީސް އިބޫ އެއްވެސް މުޑުދާރު ކަމެއް ނުކުރައްވާކަން ރައްޔިތު އެންމެނަށްވެސް އެނގޭނެއެވެ. އެހެނަސް ބައެއް މީހުން ދެކޭ ގޮތުގައި ރައީސް ނަޝީދުގެ ލެގަސީއަށް ރައީސް އިބޫ އިޙުތިރާމް ކުރައްވަން އެބަޖެހެއެވެ. އެއީ ރައީސް އިބޫގެ އަތްޕުޅުގައި ހިއްޕަވައި ރައްޔިތުންނަށް އިބޫ ދެއްކެވީ ރައީސް ނަޝީދު ކަމަށް ވީތީއެވެ. ވާދަވެރީންގެ ބަހަށް ހެއްލިވަޑައިގެން ޕާޓީ ފުނޑިގެން ދާން ނަޝީދު ވެސް އަދި ޕާޓީގެ މެންބަރުން ވެސް ބޭނުން ވެގެން ނުވާނެއެވެ. މަޝްވަރާ އެބައޮތެވެ. ވަގުތުވެސް އެބައޮތެވެ. ދެބޭފުޅުން އެކުވެ އެއްބައި ވާން ޖެހެނީ ޕާޓީއަށްޓަކައެވެ.

 

Loading

2 Responses

  1. ސަޢީދު ދަންނަވަންތޯއެވެ. ސިޢީދު މެންކަހަލަ ވަރަށް ގިނަމީހުން ރީދޫކުލައަށް ބާރުދިނަސް އެބާރުދެވެނީ ކާކުލައްވާ ކީއްކުރަންކަން އެބެ އެނގެންޖެހެއެވެ. އެހެނީ ތިބުނިހެން 3 މީހުނަށް ކުރެވޭކަމެއް ވެރިކަމުގެ ބާރުގެ މަސްތުގައި ހުންނަންވެގެން ތިމާއަށް މަރުދޭ 30 މީހުންލައްވާ ކުރުވީމާ ކައްގަލަށް ބާރުބޮޑުވަނީއެވެ. އެއީ ބޮދު ޚިޔާނާތެކެވެ. ތައްޔަތުންގެ މާލިއްޔަތުން ނަހަލާލުގޮތުގައި ނެގުމާއި ބަޔަކަށް ނަހަލާލުގޮތުގައި ކާންދިނުމެވެ.
    ދެން އަނެއްކަމަކީ ރީދޫ ވެރީންނަކީ ވެރިކަން ކުރަން ދަންނަ ބަޔަކަސް ނުވުމެވެ. މަގުމަތިން ޖައްސާ ސަރުކާރުތައް ވައްޓާލަން ނުވަތަ ދުއްތުރާކުރަށް މަރުދޭން ވަރަށްބެސްޓްބައެކެވެ. ވީމާ ދެން ކިރިޔާވެސް އޮތް ޙައްލަކީ ތިބުނިހެން ޕާޓީ ސިސްޓަމް ދުއްވާލައި ސީދާ ރައްޔަތުންގެ ޚާދިމުކަން ކޮށްދޭނޭ ވެރިޔަކު ރައްޔަތުންގެ ސީދާ ވޯޓަކުން ހޮވާ މަދު ވަޒީރުން ކޮޅަކާއި މާތްﷲއަށް ބިރުވެތިވާ މަކަރާޙީލަތުން ދެމުނުގޮތަކަށް ދަމައިނުގަންނާނެ ސިވިލް ސާވެންޓުން ކޮޅަކާއިއެކު ދައުލަތް ހިންގަދިނުމެވެ. އެހެނަސް ތިއުޅޭ ވެރީން ނުވަތަ ގެރީންގެ ކަރަޕްޝަންގެ ސަބަބުން ވޯޓުގަނެގެންވެސް ގައުމަށް އެފަދަ ރަނގަޅުގޮތެއް ވިޔަކަ ނުދޭނެއެވެ. ވަރަށް ދެރައެވެ!

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް