ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިން މާދަމާ ލިބޭނެ!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރު ޑޯޒް ތަކެއް ޖަޕާންގެ އެހީގައި މާދަމާ ރާއްޖެއަށް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

​ފޮރިން މިނިސްޓްރީން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ޖަޕާނުން ރާއްޖެއަށް ދޭ ވެކްސިނާއި ހަވާލުވުމަށް ބާއްވާ ރަސްމިއްޔާތު މާދަމާ ހެނދުނު 11:15 ގައި ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިންގައި އޮންނާނެއެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ހެލްތް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ..

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެނީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިން ފޯރުކޮށްދޭ ވެކްސިނެވެ.

ރާއްޖޭގައި މިހާރު ގިނަބަޔަކަށް ދެމުންގެންދަނީ އެސްޓްރާޒެނަކާ ވެކްސިނެވެ.​ އޭގެ ތެރޭގައި ކުރިން ކޮވިޝީލްޑް ވެކްސިން ޖެހި މީހުންވެސް ހިމެނެއެވެ. އެ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ދެމުންގެންދާނީ އެސްޓްރާޒެނަކާ ވެކްސިނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް