​ތ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި!

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސް ވަނީ މިދަތުރުފުޅުގައި ކޮޅުމަޑުލުގެ ހަތް ރަށަކަށް ޒިޔާރަތް ކުރައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ތ. ތިމަރަފުށްޓަށެވެ. ޢެއަށްފަހު، ކިނބިދޫ،އޮމަދޫ،ވޭމަންޑޫ،ވަންދޫ އާއި ކަނޑޫދޫގެ އިތުރަށް ގާދިއްފުށްޓަށްވެސް ވަނީ ވަޑައިގަންނަވާފައެވެ.

މި ރަށްރަށަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެރަށްރަށުގެ މުއައްސަސާތަކާ ބައްދަލު ކުރައްވާ އެތަންތަނުގެ ހާލަތާ ބެހޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ ހާލަތު ވެސް ވަނީ ގާތުން ބައްލަވާލައްވާފައެވެ.ހަމަ އެއާއެކު މަސްވެރިންނާއި، ދަނޑުވެރިން އަދި، ވިޔަފާރިވެރިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

ތިން ދުވަހުގެ މިދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާފައިވަނީ ރޭގެ ވަގުތެއްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް