ކޭސްތައް އިތުރުވާނަމަ އިތުރު ގްރޭޑްތަކަށް ކިޔަވައިދިނުން ނުފެށިދާނެ- މިނިސްޓަރ އަމީން

Loading

Facebook
Twitter
WhatsApp
maldives covid news

މާލޭގައި ކޮވިޑު19 ގެ ކޭސްތައް އިތުރުވާނަމަ އިތުރު ގްރޭޑްތަކުގެ ކިޔެވުން ނުފެށިދާނެ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީ.އެސް.އެމް އިން ރޭ ގެނެސްދިން ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ އަމީން ވިދާޅުވީ މިފެށުނު  އޯގަސްޓް މަހުގެ 15 ގައި އިތުރު ގްރޭޑްތަކަށް ކިޔަވަދިނުމާ ބެހޭގޮތުން އިތުރަށް ސީދާ އެއްޗެއް ދަންނަވަން މިހާރުގެ ޙާލަތު ދައްކާގޮތުން ދަތި ކަމަށެވެ.

”ސްކޫލްތަށް ހުޅުވޭކަހަލަ ޙާލަތެއް ނެތް ކަމަށްވަންޏާ ސްކޫލަތައް ހުޅުވަން ނުމެއް ވިސްނަން ސަރުކާރުން. އެހެން ނަމަވެސް މިއަދު އަޅުގަނޑަށް ބުނަން އުނދަގޫ ހުޅުވޭނެޔޭ ނުވަތަ ނުހުޅުވޭނެޔޭ. މިހާރު ޕްރޮޖެކްޝަންތަކަށް ބަލާއިރު އަޅުގަނޑުމެން މިހާރު އަޅާ ފިޔަވަޅުތަކަށް މީހުން ތަބާނުވާނަމަ އެހިސާބަށް ދާއިރު ސޮކޫލްތައް ހުޅުވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ.“ އަމީން ވިދާޅުވިއެވެ. އަމީން އިތުރަށް ވިދާޅުވީ ސްކޫލްތައް ހުޅުވުމާ ބެހޭގޮތުން ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމުގައެވެ.

ކޮވިޑު19 ރާއްޖެއަށް ފެތުރުމާ ގުޅިގެން މިއަހަރުގެ މާރޗް މަހު ކިޔެވުން ހުއްޓާލުމަށް ފަހު ކިޔެވުން ބައެއް ގްރޭޑް ތަކަށް އަލުން ފަށައިފައިވަނީ ނިމިދިޔަ ޖުލައި މަހުގެ ކުރީ ކޮޅުއެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ހުރިހާ ގްރޭޑަތަކަށް ކިޔަވަދިން ކަމުގައި ވިޔަސް، މާލޭ ސްކޫލްތަކުގައި ކިޔަވައިދޭން ފަށައިފައިވަނީ ގްރޭޑް 9 އަކުން މައްޗައް ކަން ފާހަގަ ކޮށްލެވެއެވެ. އަދި ހަމައެއާއެކު މިއަހަރުގެ ސާނަވީ ތަޢުލީމް ނިންމާ އިމްތިޙާންތައް ހަދަން ތައްޔާރުވަމުން ދިޔަ ދަރިވަރުންގެ އިމްތިހާނުވެސް ވަނީ ކޮވިޑާ ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފައެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ފުރަބަންދު ތެރޭގައިވެސް ވަރޗުއަލް ކުލާސްތަކާއި، ޓެލެކުލާސްތައް ކުރިޔަށް ގެންދިޔަ ކަމުގައި ވިޔަސް، ދަރިވަރުންގެ ކިޔެވުމަށް މިއައި ބަދަލާއިއެކު ވަނީ ވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ސްކޫލްތަކުގެ ދަރިވަރުން ކޮވިޑުން ރައްކާތެރިކުރުމަށްޓަކާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ބޮޑު ބަންދަކަށްފަހު ސްކޫލް ހުޅުވީ މިނިސްޓްރީން މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށްބެވެއެވެ.

Loading

2 Responses

  1. މިނިސްޓަރު އަމީނަށް ދަންނަވާލާނެމެވެ. ތިބާމެން ކޮވިޑްއަށް ރާއްޖެ ބަންދުކުރުމުގެ މާކުރިންވެސް އަޑަށް ބާރު ލައްވާފައި ވިދާޅުވަމުން ގެންދެވި މިތިބީ ކޮވިޑް19 ރާއްޖޭގައި ފެތުރިނުދިއުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތެކެއް އަޅައިގެނޭ! ދެންހިނގާ މަނިކުފާނާއި ސަރުކާރުގެ ބޮޑުން އެ ވީ ތައްޔާރީތައް ބަލާލަން.
    ޓުއަރިޒަމް މިނިސްޓްރީ – އަޑު ހަރުކޮށް މިނިސްޓަރު ގޭމްޖައްސާފައި ރެޑްހޭންޑް ކޯޓުވެ އެވަނީ ނަގާ އެއްލާލައިފާ. އޭނާ އަކީ ތިބޭފުޅާގެ ކޮވިޑް އިމާޖެންސީގެ އެއް ތަނބު. އޭނައާއި އޭނަގެ ބައިވެރީން ބޮޑު ޢީދެއް އައިސްގެން އުޅޭހެން ސީދާ މަޖާކުރުމާއި ނާޗަރަންގީގައި. އެވެސް ރައިސް ނަޝީދު ބޭނުންފުޅުވާހެނެ، ބިރެއްނެތި މަޖާކުރުން ރޭގަޑުގެ ގިނަބައެއްގައި. އިސްލާމިކް މިނިސްޓްރީއަށް އެންގެވި ހުރިހާ ޢިލްމުވެރިން އެއްގަލަކަށް އަރުވާ ތި ޓީމުން ވިދާޅުވާ ހުރިހާކަމަށް ދީނީ ނަޒަރިއްޔާތުން ޗިޕްޖެހުމަށް. ދެން
    – އިސްލާމިކް މިނިސްޓުރީ އިން ކުރޯނާ ޚުތުބާނެރެ މިސްކިތްތަކުގައި ނަމާދަށްފަހު ޚުތުބާ ކިޔައި ދުޢާ ދަންނަވަން އަމުރު ނެރުނީ ދެން މިސްކިތްތަށް ބަަންދުކުރީ އެއިރުވެސް ތިބޭފުޅުން ގެ ބޮޑުން އެ އުޅުއްވީ ބިރެއްނެތި މަޖާކުރުމުގައި. ނުވިތާކަށް ވޭގަނޑެއްގައި އަންހެކުދިން އެބުނާ ހޮޓަލަށް ގެނެސް ސީދާ ޓުއަރިޒަމް މިނިސްޓަރުގެ ހިތާވުމާއި އެއްގޮތަށް މަޖަލުގައި. މަޖާވާނެ ވަރު މިނިސްޓަރު ވިސްނަވާލައްވާ. އެބުނީ ސިސީޓީވީ ތަކުންފެންނަނީ އެ ޖަރިޔާތަށް އެތެރެއިން އެއްވެސް އެއްޗެއް ނުބަނދެ ނިދާ ގަވަން ލައިގެން މިނިސްޓަރުގެ ފިރިހެން ޓީމު ވެސް ތަކެތި ބަދެ ހިއްލާލުމެއްނެތި ސޯޓުބުރިލައިގެން ޖާރިއާތަށް ފަހާ ހަޅޭލަވާ ދުވެ ….. ( ދެން ލިޔަންވެސް ލަދުވެތި ….) ދެން ޖޯޑުޖޯޑަށް ކޮޓަރިއަށް. ދެނޯ ؟ ދެންވާނެގޮތް ސިއަޙަތާ ބެހޭ ތި މިނިސްޓަރއަށް އެގިވަޑައިގަންނަވާނެ ކަން ކަށަވަރެވެ.
    ދެން މަނިކުފާނުގެ މިނިސްޓްރީ – ބޮޑު ބިޒިނަސް އޮޕޯޗުނިޓިއެއް މަނިކުފާނުގެ ލައިފަށް އައީއެވެ. ކޮވިޑް އަށް ބޭނުންވާ އެންމެހާ ޕީޕީއީ އައިޓަމްތަށް އިމްޕޯޓްކޮށް ސަރުކާރުގެ ބާރު ހިނގާ ހުރިހާތަނަކަށް ސައިޕްލައިކުރެއްވުމާއި ޙަވާލުވެ ވަޑައިގަތީ ނޫންތޯއެވެ. އެސްޓިއޯ އާއި އޭޑީކެފަދަ ތަންތަނުން ހެޔޮއަގުގައި ގެނެވެން ހުއްޓާއި ސީދާ މަނިކުފާނުގެ ބާރު ހިނގާ ކުންފުނިތަކަށް ބޮޑުއަގުގައި އެތަކެތި ގެނެސް ސަޕްލައިކުރަން މަފުފަހި ކޮށްދެއްވީނޫންތޯއެވ. ދެން ޑުބޭގެ ނަމެއްގައި އޮތްކުންފުންޏަކާއިވެސް އަގުބޮޑުކޮށް ފަހުގެ މަރުޙަލާ ނިންމާލަ ވެންޓިލޭޓަރު ގެންނަން ކުރިއަށް ފައިސާދީ ޙަވާލުކުރެއްވި ނޫންތޯއެވެ އަދިވެސް ވެންޓިލާޓަރުތަށް ވީތަނެއް މަނިކުފަނަކަށް ނޭގޭނޫންތޯއެވެ. ދެން އެ ހެޗްޕީއޭ ގެ ވާހަކައެވެ. ކުރުކޮށްލާނަމެވެ.
    ތިބޭފުޅުންނަކީ މި ދައުލަތް އޮޔާލި ބައެކެވެ. ނަސީބު ރަނގަޅުކަމުން ދައުލަތުގައި ދެ އަތްގަނޑު ލާފަނެތުމުން ދައުލަތް އެބައޮތެވެ. ދެ އަތްގަނޑު ލާފައި ހުރިނަމަ ނަމެއްގައިވެސް މި ދިވެހި ދައުލަތެއް ނޯންނާނެއެވެ. ޔާމީނުގެ ވައްކަމުގެ ވާހަކައިން ދިވެހިން މޮޔަކޮށްފަ ތިކުރެއްވީ ލައްކަ ވައްކަމޭ ގިނަބަޔަކު މިއަދު އެގޮވަނީ ދޮގެއްތޯއެވެ. ޖަވާބުދާރި ވާންޖެހޭ ދުވަހު ތިބޭފުޅުން ސަޢުދީ ޚަރަދުގައި ޙައްޖެއްވެލާ ނުވަތަ ކޮންމެވެސް ގޮތަކުން ޙައްޖު ޢުމްރާއެއް ވުމަކުން މިފަދަ ޖަރީމާތަކުގެ ފާފައެއް ނުފުއްސަވާނެކަން ހަނދުމަކުރަށްވާށެވެ.

  2. ވަރަށްވެސް ދެރަކޮށް މިދަނީދޯ. އަބަދުވެސް އެމްޑީޕީ އާއި ގުޅިގެން ސަރުކާރެއް އުފަންވެއްޖެނަމަ ރައްޔަތުންނަށް ދަތިދުވަސްވަރެއް އާދެއެވެ. ގުދުރަތުގައިވެސް މިވެރިންގެ ލާދީނީ ކަންތައްގަޑު ބޮޑުކަމުން ވާގޮތޭވެސް މަ ހިތައް އަރައެވެ. ހެޔޮދުޢާ ކޮއްލައިގެން ތިބެމޭހިނގާށެވެ.ހަމަ އެހެންމެ އެންމެންވެސް ފާފަތަކާއި ދުރުހެލިވެ ގިނަގިނައިން މި މުސިބާތުން ދުރުކޮށް ރައްކާތެރިކަންމަތީ ލެހެއްޓެވުން އެދި ދުޢާކުރުމުގައި ދެމިތިބެމާ ހިނގާށެވެ. އިރާދަ ކުރެއްވިއްޔާ މި ނުރައްކަލުން މާލަސްތަކެއްނުވެ ސަލާމަތް ކުރައްވާށިއެވެ. އާމީން

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް