ގއ. ދާންދޫގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދާކަމަށް ބެލެވޭ ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ދާންދޫގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެ ރަށު ގެއެއްގެ ތެރޭގައި ހަށިވިއްކުމުގެ އަމަލު ހިންގަމުން ދަނިކޮށް ކަމަށާ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ އަންހެނަކާއި، ދިވެހި ދެ ފިރިހެނެއްގެ އިތުރުން ތިން ބިދޭސީންކަމަށެވެ.
މި މީހުންނާގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވ
ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.