ހިޔާ ފްކެޓްތަކުގެ ކުއްޔަށް އިތުރު ބަދަލެއް ގެނެވޭކަށް ނެތް: ސުހައިލް

Loading

Facebook
Twitter
WhatsApp

 

ހިޔާ ފްކެޓްތަކުގެ ކުލި ބޮޑުވެގެން ގިނަ ޝަކުވާތަކެއް ކުރަމުންދާއިރު ފްލެޓްތަކުގެ ކުއްޔަށް އިތުރު ބަދަލެއް ގެނެވެން ނެތްކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުހައިލް ވިދާޅުވީ ހިޔާ މަޝްރޫއަސް ނަގާފައިވާ ލޯނު ދެއްކެން އޮތީ ފްލެޓްތަކުގެ ކުލީގެގޮތުގައި ކަނޑައަޅާފައިވާ މިންވަރަށް ކުލި ނަގައިގެންކަމަށާއި، އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ކުލި ކުޑަކުރެވެން ނެތްކަމަށެވެ.

”ކުލި ކުޑަކުރަން ބަލާއިރު، އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައި އޮންނާނެ ލޯނު ދެއްކުމަށް އަޅުގަނޑުމެއްނަށް މިކުލީގައި ނޫނީ ނެތް ލޯނުދެއްކޭކަށެއް. އެހެންވީމަ އަދިއެއް އިތުރު ބަދަލެއް އައިސްފައިނެތް ކުލި ދެއްކުމަކަށް. ހަމަ ކުރިން ކަނޑައެޅިފައޮތްގޮތަށް 7500 މަހަކު ނަގާނީ“ ޞުޙައިލް ވިދާޅުވިއެވެ.

ހިޔާ ފެލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ.

ހިޔާ ފްލްޓްތަކުގެ ކުލި ކުޑަކުރެވެން ނެތްކަމަށް ސުހައިލް ވިދާޅުވިއިރު ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ވަނީ ކުލި ކުޑަކުރުމަށް ގޮވާލާ އިއްޔެ އިހްތިޖާޖުވެސްކޮށްފައެވެ.

މުޒާހަރާކުރި ފަރާތްތަކުން ގޮވާލާފައިވަނީ 5600 ރުފިޔާއަށް ކުލި ކުޑަކުރުމަށެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މި ފްލެޓްތަކުގެ ކުލީގެގޮތުގައި ނަގަން  ނިންމާފައިވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ. މުޒާހަރާކުރި ފަރާތްތަކުން ގޮވާލާފައިވަނީ 5600 ރުފިޔާއަށް ކުލި ކުޑަކުރުމަށެވެ.
ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އަންނަ ސެޕްޓޭމްބަރުމަހުގެ އެކަކުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުރިހާ ފްލެޓްތަކަށްވެސް ކަރަންޓު ދެވޭނެކަމަށާއި އެހިސާބުން ފެށިގެން ފިނިޝިންގެ މަސައްކަތް ފަށައިގަނެވޭނެކަމަށް އެޗްޑީސީންބުނެއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 3000އަށްވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ.

ސުހައިލް ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފުރަތަމަ ބުރުގައިވެސް ސޮއިނުކުރާ 300 އަށްވުރެ ގިނަ މީހުން އެބަތިބިކަމަށާއި، އެއްވެސް ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއިކުރަން އައިސްފައިނުވާނަމަ ފިނިޝިން މުއްދަތު އިތުރުކޮށް ނުދޭނެކަމަށެވެ.

Loading

One Response

Leave a Reply to Mumin Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް