ސިޔާސީ ހަރި 2023: މާލޭ ގޯތިކޮމެޓީމުން ދުލެއްނުދޭނަން:

Loading

Facebook
Twitter
WhatsApp

ސިޔާސީ ހަރި 2023ގައި މާލޭ ގޯތިކޮމެޓީމުން ވިދާޅުވާގޮތުގައި ކުރިއަށްއޮތް އިންތިޚާބުތަކުގައި އެއްވެސް ފަރާތަކަށް ދުލެއްނުދޭނެކަމަށް، ގިނަގުރޫޕްތަކުގަޔާއި ކުލަބު ކޮޓަރިތަކުގައި ފާޅުކަންބޮޑުގޮތެއްގައި އެބޭފުޅުންގެ ޚިޔާލު ފާޅުކުރަށްވަމުން އަދި އެގްރޫޕުން އަންނަ 2023ގައި ވެރިކަމަށް ރައްޔަތުންގެ ޚާދިމަކު ހޮވުމާއިބެހޭގޮތުން ގެންދަނީ ޢިއުލާނުކޮށް އަންގަމުންނެވެ. އެގޮތުން ސަންދާނަށް މާލޭގެ ގޯތި ޙަރަކާތުން ފޮނުވި މި މެސެޖް އަސްލާއި އެއްގޮތަށް ކިޔުންތެރީންނަށް ގެނެސްދިނުމަކީ ޑިމޮކްރެސީގެ ހަތަރުވަނަބާރުން ކުރަންޖެހޭ ކަމެއްގޮތުގައި ދެކި ކުރިއަށްދާނަމެވެ.

މާލޭގެ ގޯތިޙަރަކާރުގެ އިސްކޮށް އުޅުއްވަނީ އިބްރާހިމް ރަޝީދު، އޯކޭ ޒާހިރު އަދި ފުރަހަނި ޝުއެއިބުއެވެ. މިގުރޫޕްގެ 90% ބޭފުޅުންނަކީ އެމްޑީޕީގެ ހާޑްކޯ ޕާޓީ އުފެއްދުމުގެ ބޮޑުންވެސްމެއެވެ.

އެމްޑީޕީ އިން 2008ގައިވެސް ވެރިކަން ހޯދުމަށްވެސް މާލޭގެ ރައްޔަތުންނަށް ވީ ވަޢުދަކީ ގޯތި ބޯހިޔާވަހިކަމެވެ. އެހެނަސް 2009 ގައި އެމްޑީޕީގެ ރައީސް ނަޝީދުގެ ގަރާރަކުން ހުޅުމާލޭގައި (އެޗެޑީސީ) ހައުސިންގް ޑިވެލޮޕްމަން ކޯޕަރޭޝަނެއް އުފައްދައި އެއިރު މާލޭގެ އަވަށެއްކަމުގައިވާ ހުޅުމާލެ، ހުޅުމާލޭގެ ފަޅާއި އަދި ފަރުކޮޅުފުށީ ފަޅުން ފެށިގެން އެސަރަހަށްދު އެކުގައި އެއީ އެޗްޑީސީގެ އެންމެދުގޯއްޗެއްގެ ގޮތުގައި ރެޖިސްޓަރީ ކޮއްދެއްވީއެވެ.

މިރެޖިސްޓަރީގައި އެކޯޕަރޭޝަންގެ މައްޗަށް ގަނެ ވިއްކާ ވިޔާފާރިކުރުމާއި ރިއެލްއެސްޓޭޓް ހިންގުން ލާޒިމުކުރުވާފައިވެއެވެ. މިޢަމަލުން ނަޝީދު ނިގުޅައިގަތީ މާލޭގެ ރައްޔަތުންނަށް ދެވެންއޮތް 8500 ގޯތި. އެހެން ހައަދަވާފައި ވެށިފެހިމާލޭ ޕްރޮގްރާމުގެ ދަށުން ލާޖައްސާ ދޫކުރުމަށް ގޯތިތަކެއް ކަނޑައެޅުމަށް އޭރުގައި ދޭންނިންމެވިއެވެ. އެހެނަސް 2012 ގައި ނަޝީދުގެ ވެރިކަން ވަށްޓާލުމާއިއެކު 2013ގެ ތެރޭގައި ރައީސް ވަޙީދުގެ ސަރުކާރުގެ އެތެރެއިން ޝުއެއިބުމެން ކުރެއްވި މަސައްކަތުން 270 ވަރަކަށް ގޯތި ލާޖައްސާ ދޫކުރިއެވެ. ސުވާލަކީ ކުރިން ބުނެވިފައިއެވާ ޖަރީމާ ހިންގިއިރު ކީއްވެގެންތޯ އަގައިންނުބުނެ ތިބެވުނީ؟

ނަޝީދު އެކަން ކުރަށްވާފައި އޭރުގައި ގުޅިފަޅުން ގޯތިދޭން ކަނޑައެޅުއްވިވެސް މެއެވެ. އެހެންކަމުން އޭރުގައި އޮތްގޮތަށް ގުޅިފަޅުން ގޯތިދެއްވިނަމަ މާލޭގެ ރައްޔަތުންނަށް އޭރު އެދިފައިތިބި އެންމެނަށް ގޯތިދެވުނީސް.

ދެން އައީ ރައީސް ޔާމީނުގެ ސަރުކާރު. އެސަރުކާރުގެ ޕޮލިސީއެއްގެގޮތުން ޢިއުލާން ކުރެއްވީ ހުޅުމާލެ މެގަރ ސިޓީ އަކަށް ބަދަލުކޮށް އެތަނަށް އަންނަންބޭނުންވާ ހުރިހާފަރާތްތައް ޖަމާވުމަށެވެ. އަދި ރާއްޖޭގެ އެންމެނަށް ޓާގެޓްކުރެވިގެން ފުށިދިއްގަރު ފަޅާއި ގުޅިފަޅުން ގޯތި ދޫކުރާނެކަމަށެވެ. މިގޮތުން ޔާމީނުގެ ދައުރުގައި ދޫކުރި 5500 ގޯތިތަކުގެ ފޯމްތަށް އަސްލަންޓޭގެ މޭޒުމަތީގައި ހައުސިންގް މިނިސްޓްރީގައި އެބަހުއްޓެވެ. އެމްޑީޕީ ވެރިކަމަށް އައުމާއިއެކު މިފޯމްތަކަށް ޢަމަލު ނުކުރާނެކަން އެންގި. މިފޯމްތަކުގައި މާލޭގެ ރައްޔަތުންގެ 2500އަށްވުރެ ގިނަ ގޯތި ފޯރމް އެބަހުށްޓެވެ. ރައީސް ޔާމީނުގެ ދައުރުގައި ގާނޫނުއަސާސީގެ ދަށުން މާލޭގެ ރައްޔަތުންނަށް ލިބިދެވިފައިވާ ގޯތި ލިބުމުގެ ޙައްގު ނަފީއެއް ނުކުރެއެވެ.

2018ގެ ވެރިކަމަށް އެމްޑީޕީ އިން އެރީ މާލޭގެ ރައްޔަތުންނަށް ގޯތިދޭން ވަޢުދުވަމުންނެވެ. ގޯތިދޭނެ ތަންތަނާއި ގޯތިދޭން އޮތް ބިންތައްވެސް މާކުކޮށް ޢިއުލާންކުރަމުން ގެންދިޔައެވެ. އެވަޢުދުތައް އަޑުއަހައި އޭރު ވެރިކަން އެމްޑީޕީއަށް ހޯދަދިނުމަށް އަޅުގަނޑުމެން މަރުދިންއިރަކު މާލޭގެ ރައްޔަތުންނަށް މިފަދަ ހަރަންކޯރުވުމަކަށް ރުޖޫޢަވެދާނެކަމަކަށް. 2019ގެ ކުރީކޮޅު އެމްޑީޕީން ތިލަފުށިގައި ކުރިންހަމަޖެހިފާވާގޮތަށް ޕޯޓެއްހެދުމަށް ޢިއުލާނުވެސް ކުރިއެވެ. ދެން ފެނުނީ ހުރިހާކަމެއް ބަދަލުވެގެން ދިޔަތަނެވެ. 2019 އޮގަސްޓްމަހުގެ ތެރޭގައި އެމްޑީޕީ އެ ޚިޔާލު ބަދަލުކޮށް އިންޑީއާގެ ގުރޫޕުތަކާއިއެކު ހެދުނު ”ޑީލް“ތަކުގެ ތެރެއިން ގުޅިފަޅު އަދި މާލޭ ސިޓީސަރަޙައްދު (ގުރޭޓަރ މާލޭ އޭރިއާ) އާއި މާލެ އެކުގައި އެކިކަންކަމަށް ނެގުމަށްނިންމީ.

މިހާހިސާބުން 2020ގެ ތެރޭގައި ގުރޭޓަރ މާލޭގެ ސަރަޙައްދު 2009ގައި ނަޝިދު އުފެއްދި ވިޔާފާރި ކޯޕަރޭޝަން އެޗްޑީސީގެ ވިޔާފާރި ފުޅާކުރުމަށް މިސަރުކާރުން ނިންމައި އެކަންތަންފީޒް މެކްހަށްޖެހީއެވެ. އެކަންކަމަށް އަޅަންޖެހޭނޭ ގާނޫނި ފިޔަވަޅުތައް އަޅާ އެތަންތަނުގެ މެނޭޖްމަންޓް ތަކާއި ބޯޑުތައް އެކުންފުނިތައްގެނެސް އެޗްޑީސީގެ ދަށަށް އަމުނާލީއެވެ. އަބަދުވެސް އެމްޑީޕީ ވަޢުދުވަނީ ސަރުކާރުން ވިޔާފާރި ނުކޮށް ވިޔާފާރި ޢާންމުރައްޔަތުންނަށް ފަހިކޮށްދީ ޓެކްސް ނިޒާމެއްގެ ދަށުން ހެޔޮލަފާ ވެރިކަމެއްކުރުމަށެވެ. އަބަދުވެސް އިންތިޚާބެއް ކާމިޔާބުވުމަށްފަހު އަވަސްވެގަންނަނީ ވަޢުދާއި ޚިލާފުވެ ވިޔާފާރި އަވަހަށް ފުޅާކޮށް އަވަހަށް ތިބޭބަޔަކަށް ނަފާހޯދާށެވެ. މިއީ އެމްޑީޕީގެ ޢާންމު މެމްބަރުންނާއި އަދި ރައްޔަތުންނާވެސް ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެކެވެ.

މިގޮތަށް ޢަމަލުކުރަށްވާފައި ދެންކުރެއްވިކަމަކީ ގުޅިފަޅުގައި ޕޯޓްއެޅުމަށް ޢިއުލާނުކުރެއްވީއެވެ. އަދި ގުޅިފަޅާއި ތިލަފުށްޓަކީ ދެތަނަކީ މާލޭގެ ޕޯޓްގެ ސަރަޙައްދުގެ ގޮތުގައި ހެއްދެވީއެވެ. މިކަން ކުރެއްވީ ސީދާ ނަޝީދު ރައްޔަތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކުރުވާފައިއޮތް ލިޔުމަކުންނެވެ. މިކަން މިމޭރުމުން ކުރައްވާފައި އެލިޔުން ރައްޔަތުންގެ މަޖިލީހުން ރައީސްއޮފީހަށް ހުށަހެޅީއެވެ. މި ނުލަފާ ޢަމަލު ހިނގަވައިގެން ނަފީކުރުވީ މާލޭގެ ރައްޔަތުންނަށް ގޯތިލިބިދިނުމަށް ނިންމާފައިވާ ގޯތިދިނުމުގެ ޙައްގު އަދި ނަޝީދުގެ މިޅުންލާފައިވާ އަނިޔާވެރިކަން މާލޭގެ ރައްޔަތުންގެ މައްޗަށް ދެމެހެއްޓުމުގައި އެމަނިކުފާނު ލަދެއް ޙަޔާތެއްވެސްނެތެވެ.

ގޯތި ޙަރަކާތުގެ ބައިވެރީން:

މި ޙަރާން ނިންމުމުގެ ސަބަބުން މާލޭގެ ގެދޮރުނެތި ބިކަޙާލުގައި ޖެހިފައިވާ މީހުން ރާއްޖެތެރެއަށް ޙިޖުރަކުރުމަށް މަޖުބޫރުކުވީއެވެ. އަދި މިކަންކުރުމުގައިވެސް ރާއްޖެތެރޭން މާލެއަށް ޙިޖުރަކޮށްފައިވާ ފަރާތްތަކަށް ގޯތިލިބުމުގެ ހުރިހާފުރުސަތެއް ބަންދުކުރެއްވިއެވެ. އެކަން ކުރެއްވީ ހެދުނު ގަވާޢިދުތަކާއި ފާސްކުރި ގާނޫނުގެތެރެއިންނެވެ. ގޯތިލިބިދެވެން ހުރި ހުރިހާތަނެއް ނަޝިދުގެ ބާރުހިނގި ދެދައުރުގައިވެސް ނިިިގުޅައިގަނެފައި ދެން މިހާރު އަޑުހަރުކޮށް މިވިދާޅުވަނީ މާލޭގެ ރައްޔަތުންނަށް ގޯތިދޭނެ ތަނެއްނެތޭ! މިކަން މިގޮތަށް ކުރެއްވުމުން މާލޭގެ ރައްޔަތުންނަށް މާލޭގެ ސަރަޙައްދުން އެމީހުން ދިރިއުޅޭވެށިން ގޯތިލިބުމުގެ ޙައްގު ނަފީކުރެވިގެން ދިޔައީއެވެ. މިނުބައި ޖަރީމާ އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައެއް ނުވެއެވެ. މިކަން ހަމައެކަނި ކުރިފަރާތަކީ އެމްޑީޕީ އެވެ. މިކަހަލ އެތަކެއް ދޮގު ވަޢުދުކޮށް ވަޢުދާވަނީ ޚިލާފުވެފައެވެ.

2019 ގައި މާލޭގައި މާލޭސިޓީ ގޯތި ޙަރަކާތް އުފަށްދަންޖެހުނީ މިދެންނެވި ސަބަބަށްޓައެވެ. ގޯތިޙަރަކާތުގެ މެންޑޭޓް ވަރަށް ސާފެވެ. އެއީ ރިޔާސީ އިންތިޚާބު 2018 އަދި މަޖިލިސް އެޖެންޑާ19 އަދި ރައްވެހިފަތިސް މިފަދަ ސްލޯގަންތަކުގެ ދަށުން އެމްޑީޕީއިން މާލޭގެ ރައްޔަތުންނަށް ވެވިފައިވާ ވަޢުދު ފުއްދުމެވެ. ރައީސް ނަޝިދުމެންފަދަ ބޭފުޅުން މާލޭ ސިޓީގެ އިންސާނިއްޔަތަށް ޙަރާންކޯރު ވީކަމުގައިވިޔަސް އެމްޑީޕީގެ ޢާންމުގިނަ މެމްބަރުންނަކީ ޙައްގާއި އިންސާފަށް ލޯބިކުރާބައެކެވެ. އެހެންކަމުން މާލެސިޓީ ގޯތި ޙަރަކާތް ފެށުމުގައިވެސް އުފަލާއިއެކު ފާހަގަ ކޮށްލަންޖެހެނީ އެމްޑީޕީގެ ޢަންމު މެމްބަރުން އިސްނަގައިގެން ކުރައްވަން ފެއްޓެވި މަސައްކަތް. ރަސްމީކޮށް ލިޔެކިޔުމުންނާއި އަދި ފޭސްޓުފޭސްކޮށް ބައްދަލުކޮށްގެން ކުރަމުންގެންދިޔަ މިމަސައްކަތުގެތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރައީސް ނަޝީދުގެ ހުރި ޖައްބާރުކަމާއި ނުލަފާކެމެވެ. ރަސްމީ ބައްދަލުވުންތަކުގައިވެސް ފާޅުގައި މާލޭގެ ރައްޔަތުންނާއި ދެކޮޅަށް އޭނޭދެއްކި ވާހަކަތަކުގައިވެސް ނަޝިދުގެ ހިތުގައި މާލޭގެ ރައްޔަތުންނާއި ދޭތެރޭގައޮތް ޙަސަދައާއި ފިތުނަޔާއި އަނިޔާވެރިކަން ހާމަވެގެންދިޔައެވެ. މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވައި، މިއީ މާލޭގެ ރައްޔަތުން ތަޖުރިބާކުރި ރައީސް ނަޝީދުގެ އަނދިރިފަރާތް ކަމުގައި އިބުރާހީމް ރަޝީދު ކުޑަނެވި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެހެން ރައްޔަތުންނަށްވެސް އެމީހުންގެ ޙައްގުތައް އިޢާދަކުރުމަށް ތިޔައިގެ އެހެން ރައްޔަތުންނަށް ލިބިދީފައިވާގޮތަށް މާލޭގެ ރައްޔަތުންނަށްވެސް ލިބިދެވިފައިވެއެވެ. މާލޭގެ ރައްޔަތުންގެ ޙައްގުތަށް ނިގުޅައިގެންފާވަނީ ހަމަ އެމްޑީޕީ އިންނެވެ. އެހެންކަމުން މިޙައްގުތަށްހޯދުމަށް މާލޭގެ ރައްޔަތުން ކުރިމަތިލާން މިޖެހެނީވެސް އެމްޑީޕީ އާއި އެވެ. މިލީޑަރ ޝިޕްގެ ދަށުގައި އެމްޑީޕީގެ ޢަމަލުތަށް މިހާރު ހުރީ ގޭންގްސްޓައިލަށްކަމުގަައ ދަންނަވަން ޖެހެނީ ވަރަށް ހިތާމަޔާއި އެކުގައެވެ. އަތުޖެހުނު ކޮންމެ އެއްޗަކީ އެމީހުންގެ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ދައުވާކުރެއެވެ. ރައްޔަތުންގެ ޙައްގުތަކާއި ރައްޔަތުންގެ ބިންތަކާއި ދައުލަތުގެ މާލިއްޔަތަކީ އެމީހުން ބޭނުންގޮތަކަށް މޮޑެންއޮތް ފުށްގަނޑެއްގެގޮތުގައި އެމީހުން ދެކެއެވެ. ކަންކުރަމުން އަންނަނީވެސް މިބީދާއިންނެވެ. އެހެނަސް ބަޔަކު މިޖަރީމާތަކަށް ތާއިދުކުރިޔަސް އެމްޑީޕީގެ ގިނަ މީހުނެއް މިއަނިޔާވެރިކަމާއި މިނޭއްގާނީކަމަކަށް ތާއިދެއްނުކުރެއެވެ.

ސިޔާސީ ހަރީގެ މިމިސެޖް ނިންމާލެއްވީ މާތްﷲގެ ރަޙުމަތްފުޅުން އެމްޑީޕީ އެއްފަރާތްކޮށްފައިވެސް މާލޭގެ ރައްޔަތުން ގޯތިހޯދާނެކަމުގެ އުންމިދީމެސެޖުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް