ހުއްދަ ކަން ކަން އަދަދުނުކުރެވޭހާ ގިނައެވެ.

Loading

Facebook
Twitter
WhatsApp
dheen

އިސްލާމްދީނުގައި ވަނީ، އިންސާނާއަށް ގެއްލުންހުރި ކޮންމެ ކަމެއް މަނާ ކުރައްވާފައެވެ.

އަދި އިންސާނާއަށް ފައިދާހުރި ކަންކަން ވަނީ ހުއްދަކުރައްވާފައެވެ.

މަނާ ކުރައްވާ ޙަރާމް ކުރައްވާފައިވަނީ، ހުއްދަ ކުރައްވައި ޙަލާލް ކުރައްވާފައިވާ ކަން ކަމާއި އަޅާ ބަލާއިރު ވަރަށް މަދު ކަމެކެވެ. މަނާ ކުރައްވާފައިވާ ކަން ކަމަކީ، ކީރިތި ގުރުއާނުގެ ނައްސުން ނުވަތަ ކީރިތި ރަސޫލާގެ ޙަދީސް ފުޅުތަކުން ވަރަށް ފަސޭހައިން އެނގެންހުރި ކަންކަމެވެ. މިސާލަކަށް ޒިނޭ ކުރުން، ވައްކަން ކުރުން ރިބާ ކެއުން، ޖުވާ ކުޅުން ، މަސްތުވާ ތަކެތީގެ ބޭނުން ކުރުން، މީހުން މެރުން ، މީހުންގެ އަބުރަށް އަރައިގަތުން، މީހުންނަށް ހުތުރު އެއްޗެހި ގޮވުން، މީހުންނަށް އަނިޔާ ކުރުން، މީހުންގެ މުދާ ނުޙައްގު ގޮތުގައި އަތުލައިގަތުން، މައިންބަފައިންނަށް ނުބައިކޮށް ކަންތައްކުރުން، ސިޙުރު ހެދުން، އިރުވަރު ބެލުމާއި ފާލު ބެލުން،  އަތް ބެލުން، ދެބައޮޑުވުން، ނެތިމޮށުން، މިއިން ކޮންމެ ކަމަކީ ދީނުގައި މަނާ ކުރައްވައި ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. އަދި މި ނޫނަސް މި ދާއިރާގެ ބައެއް ކަންކަން އެބަ ހުއްޓެވެ.

ހުއްދަނޫން ޙަރާމްކަންކަމަކީ، ވަރަށް ފަސޭހައިން އެގެންހުރި ކަންކަމެކެވެ. އެއީ އެކަންކަމުގެ މަދުކަމުންނެވެ. ނަމަވެސް ހުއްދަ ޙަލާލު ކަންކަމަކީ، ޢަދަދު ނުކުރެވޭހާ ގިނަ ކަންކަމެވެ. އެއީ، ﷲގެ ރަޙުމަތްފުޅުން، މިދުނިޔޭގައި ލައްވާފައިވާގިނަ ތަކެއްޗަކީ، އިންސާނުންނައްޓަކައި ލައްވާފައިވާ ތަކެތިކަމަށް ވާތީއެވެ. މާތްﷲ ވަޚީކުރައްވި ބަސްފުޅެއްގެ މާނައިގާވެއެވެ. ﷲ އީ، ތިޔަބައިމީހުނަށްޓަކައި ކަނޑު ޚިދުމަތްތެރި ކުރެއްވި ރަސްކަލާންގެއެވެ. (އެއީ) އެކަލާންގެ އަމުރުފުޅަށް އެތާނގައި އުޅަނދުތައް ދެއްވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލަންގެ ފަޒުލްވަންތަކަމުން އެދިގަތުމައްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރުމައްޓަކައެވެ.  އަދި އުޑުތަކާއި ބިމުގައިވާހާ ތަަކެއްޗެއް އެކަލާންގެ ތިޔަބައިމީހުނަށްޓަކައި ޚިދުމަތްތެރި ކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ އެކަލާންގެ ޙަޒުރަތުންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރު ކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. ކީރިތި ރަސޫލުއްﷲގެ މާތް ޙަދީސްފުޅެއްގެ މާނައިގައިވެއެވެ.  ހަމަކަށަވަރުން މާތްﷲ ފަަރުލުތަކެއް ފަރުލުކުރައްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ ފަރުލުތަށް ނަގާނުލާށެވެ! އަދި އެކަލާންގެ އިންތަކެއް ކަނޑައަޅުއްވާފައި ވެއެވެ. ފަހެ ތިޔަބައިމީހުން އެ އިންތައް ފަހަނައަޅާ ނުދާށެވެ! އަދި އެކަލާންގެ ކަންތައްތަކެއް ޙަރާމްކުރައްވާފައިވެއެވެ. ފަހެ ތިޔަބައިމީނުން އެކަންތައްތައް ހުއްދަކޮށް ނުގަންނާށެވެ! އަދި އެކަލާންގެ ކަންތައްތަކެއްގެ ޙުކުމް ބަޔާން ނުކުރައްވައި ދޫކޮށްލާފައިވެއެވެ. އެއީ، ހަނދާންނެތިވޮޑިގަތުމެއް ނެތި ތިޔަބައިމީހުނަށް ލެއްވި ރަޙުމަތެއްގެ ގޮތުގައެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތައްތަކާމެދު ބަޙުސުކޮށް ނުހަދާށެވެ. މިހާސާފުކޮށް މިކަން އިސްލާމް ދީނުގައި ބަޔާންކޮށްފައިވާއިރު، ހިތާމަޔަކީ ބައެއް މީހުންނަކީ، ދިރިއުޅުމުގައި ދިމާވާ ގިނަ ކަންކަން ޙަރާމްކަންކަމުގައި ފަތުވާދޭ މީހުންނެވެ. އިސަލާމް ދީނަކީ، ވިސްނާ ފިކުރު ކުރާ ބައެެއްކަމުގައި ވުމަށް ވަރަށްގަދަޔަށް ބާރުއަޅާ ދިނެކެވެ!

Loading

One Response

  1. ވަރަށް ބޮޑު ތެދެއް. ޙަރާމް ކަންތައްތައް ޙަލާލުކުރަން އުޅެނީ މީހުން މަގުފުރެއްދުނީމަ ވެރިކަމުގައި އަބަދަށް ތިބެވޭނެތީ! އާއެކެވެ. ﷲގެ އަމުރުފުޅުތަކަށް ގޮންޖަހާ އެބައިމީހުން އެ ކަންތައްތަކާމެދު ބަޙުސުކޮށް ހަދަނީ ލާދީނީ ގޮތްގަނޑު ދިވިންގެ މެދުގައި ޢާންމު ކުރުމަށްޓަކައެވެ. ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ! އެފަދަ އަނިޔާވެރީންގެ ކިބައިން މި ސައްތައިން ސައްތަ އިސްލާމީ ގައުމު އަބަދުގެ އަބަދަށް ސަލާމަތް ކަންމަތީ ލަހަށްޓަވާށިއެވެ. އާމީން!

Leave a Reply to މުހައްމަދު ޝާކިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް