​މިރޭގެ ފަތިސް ނަމާދުން ފެށިގެން ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުމާއި ގުނޫތު ކިޔުން ނިމުމަކަށް!

Loading

Facebook
Twitter
WhatsApp

މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިފައި ވާތީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކިޔަމުންއައި ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

​އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި އަދި ޖަމާޢަތުގެ ނަމާދު ތަކުގައި ޤުނޫތު ކިޔުުން މިރޭ ފަތިސް ނަމާދުން ފެށިގެން މަޑު ޖައްސާލަން އަންގާ ކަމަށެވެ.

އެ ނިންމުން ނިންމީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ގިނަ ލުއިތަކެއް ދީފައިވާތީ އެވެ. އެ މިނިސްޓްރީން ވަނީ ނަމާދުގެ ޖަމާއަތުގައި ގުނޫތު ކިޔުން ހުއްޓާލި ނަމަވެސް ފަރުލު ނަމާދުތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.​

ޢެގޮތުން ​މިސްކިތްތަކުގައި ތިއްބަވާ ވަގުތު ތަކުގައްޔާއި ބޭރުގައި އުޅުއްވާ ވަގުތުތަކުގައި މާސްކުއެޅުއްވުމަށާއި، ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ގެ ﷲ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް  އަށް ﷲ ވަކީލުކޮށް އުޅުމަށް ވެސް ބަޔާނުގައި ނަސޭހަތްތެރިވެފައި ވެއެވެ.

ޖަމާޢަތުގެ ނަމާދުތަކުގައި ޤުނޫތުނާޒިލާ ކިޔުން މިވަގުތަށް ހުއްޓާލި ކަމުގައިވިޔަސް، ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށްވެސް ހުރިހާ ރައްޔިތުންނަށް މިނިސްޓްރީންވަނީ ނަޞޭޙަތްތެރިވެފައެވެ.

​ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށުމުން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި އޭގެ ފަހުން ޖަމާއަތް ފެށީ ގައިދުރުކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް