އަފިހުން ބޭނުންކުރި މީހާ ދެއްކި ކަހަލަ ވާހަކަ؟

Loading

Facebook
Twitter
WhatsApp

އެދުވަސްވަރަކީ ރާއްޖެއަށް އަފިހުން އެތެރެކުރެވުނު ދުވަސްވަރެވެ. ބުނެއުޅޭގޮތުގައި އެއްބަޔަކު އަފިހުން ބޭނުންކޮށް އުޅުނީ ބޭހެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ބޭނުންކޮށް އުޅުނީ އަމަލުވުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. ކޮންމެއަކަސް، އެދުވަސްވަރު ބޭސްފިހާރަތަކުން ވެސް އަފިހުން ލިބެންހުރެއެވެ. ކިޔައިދޭން މިއުޅެނީ އެދުވަސްވަރު ހިނގައިދިޔަ ހާދިސާއެއްގެ ވާހަކައެެވެ. ހިނިއަންނަ ޒާތުގެ ސަމާސާ ވާހަކައަކަށްވެސް ވެދާނެއެވެ. ނަމަވެސް އޭގައި ތެދުހިމެނޭ ވާހަކައެކެވެ.

އަފިހުން ބޭނުންކޮށްގެން އަމަލުވާން ބޭނުންވެފައި ހުރި މީހެކެވެ. އޭނާ އެލިބޭކަހަލަ ބޭސްފިހާރައަކަށް ގޮސް އެބަ ބުނެއެވެ.

“ ތަންކޮޅެއް ރަނގަޅު އަފިހުންކޮޅެއް ލިބިދާނެހެއްޔެވެ“؟

މިހެން އެހުމުން، ސޭޓު ވަރަށް ރަނގަޅު އަފިހުންކޮޅެއް މި ކަލޭގެއަށް ދައްކައިފިއެވެ. މި ކަލޭގެ ވެސް ވަރަށް އަވަސްއަރުވާލާފައި، އަފިހުންކޮޅު ގަނެގެން ހިނގައްޖެއެވެ.

އޭގެ އިރުގަނޑެއްފަހުން، އެއްކަލަ ކަލޭގެ ވަރަށް ރުޅިގަދަވެގެން ބޭސްފިހާރައަށް ގޮސް ސޭޓު ގާތުގައި އެބަ ބުނެއެވެ.

“ ކަލޭ ރަނގަޅު މޮޅު އަފިހުނޭ ކިޔައިގެން ތިޔަ ވިއްކަނީ ކޮން އެއްޗެއް ހެއްޔެވެ؟ މި އެއްޗެއް ބޭނުން ކޮށްގެން އަހަރެެންނަކަށް ހަމަ އެއްކަމެއް ވެސް ނުވެއެވެ. “

މިހެންބުނުމުން ސޭޓު ގާތަށް ވެސް އައީ ހިންޏެވެ. ސޭޓު ޖަވާބުގައި ބުނިކަމަށް ވެއެވެ. ކަލެއަށް ބަލައިލީމާ ވެސް، ކަމެއް ނުވާކަން ވަރަށް ރަނގަޅަށް އަހަރެންނަށް އެބަ އެނގެއެވެ. ބުނެވޭނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެ ކަލޭގެ ބޭސްފިހާރައަށް ދިޔަކަމަށްވީ ބަރަހަނާ ހާލުގައެވެ. ގައިގައި ހިސާބަކަށް ސައިބޯނި ފޮނު ހުރިކަމަށް ވެސް ބުނެވެއެވެ. ފެންވެރުމުގެ ކުރިން އަފިހުން ބޭނުން ކޮށްލީކަމަށް ވެދާނެއެވެ. އެހެންނަމަވެސް، އަފިހުން ބޭނުންކޮށްގެން އެއްކަމެއްވެސް ނުވީމާ ނިވަައިކޮށްލާންވެސް ހަނދާން ނެއްނެތެވެ.

މި ވާހަކަޔާ ހިސާބަކަށް ގުޅުންހުރި މިހާރުގެ އިތުރު އެހެން ވާހަކައެއްވެސް އެބަ ކިޔާއަޑުއަހައިފީމެވެ. މާ އިހުގެ ވާހަކައެއް ނޫނެވެ. ދާދިފަހަކުން ހިނގައިދިޔަ ކަމެއްގެ ވާހަކައެވެ. އާދައިގެ ރައްޔިތެއްގެ ވާހަކައެއް އެއްވެސް ނޫނެވެ. ރާއްޖޭގައި ވެރިކަންކުރި ބޭފުޅެއްގެ ވާހަކައެވެ. ނަމަވަސް، ނަން ހާމަކުރުމަށް އަޅުގަނޑު އުޒުރުވެރިވަމެވެ. މި ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ”އިއްޒަތްތެރި“ ބޭފުޅުންނަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.

ކޮންމެއަކަސް، މި ދެންނެވި ބޭފުޅާއަށް އަމާޒުކޮށް ވަރަށް ނުރައްކާތެރި ހަމަލާއެއް ދާދިފަހަކުން ދެވިފައިވާކަމުގެ އަޑުވެސް އިވިފައިވެއެވެ.

ދެންފަހެ އެ ހަމަލާއަށްފަހު، އެ މަނިކުފާނަށް ނަފުސާނީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ޚަބަރުތަކުން ކީމެވެ.

އެހެންނަމަވެސް އެޙަމަލާގެ ސަބަނުން އެމަނިކުފާނަށް ”އެފަދަ“ ކަމެއް ކުރިމަތިވެފައި ވެއެކޭ ނުވަތަ ނުވެއެކޭ ވެސް ނުދަންނަވާނަމަވެ.

ޙަމަލާއަށް ފަހު އެމަނިކުފާނުގެ ވާހަކަފުޅުތައް ވަރަށް ތަފާތެވެ. އަމިއްލަ ޕާޓީގެ މެންބަރުންނަށް ނިސްބަތްކޮށް ވެސް ވިދާޅުވަނީ އެފަހަރަކު ހިތްޕުޅަށް އަރާވަޑައިގަތް އެއްޗެކެވެ. ހަމަ ބުއްދިހުރި މީހަކު ޤަބޫލު ނުކުރާނޭ ޒާތުގެ ވާހަކަފުޅުތައް ކުރިއަށްވުރެ ގިނައިން ދައްކަވައެވެ. ކުރަށްވަމުން ގެންދަވަނީ، އެފަދަ ބޭފުޅެއް ކުރައްވައިގެން ނުވާނެހުރިހާ ކަންކަމެވެ.

ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް މާބޮޑު ގެއްލުމެއް ނުވެއޭ ކިޔައިގެން، ބައެއް މީހުން މީސްމީޑިޔާގައި ޚަބަރު ފެތުރުމުގެ ސަބަބުން، އެ ކަމަށް ރައްދު ދެއްވައި، ނިވައިކަން ކުޑަ ފޮޓޯތަކެއް މުޅި މީސްމީޑިއާއަށް މިވާހަކައި ކިޔައިދޭމީހުން ބުނާގޮތުގައި އެމަނިކުފާނުވަނީ ދޫކޮށްލައްވާފައެވެ. މި ކަމުގެ ސަބަބުން ފާޑުކިޔުން އަމާޒުވިހިނދު، ވިދާޅުވީ ބަރަހަނާކޮށް ވެސް މަ މާކަ ހުތުރެއް ނުވާނޭ ކަމުގައެވެ. އަސްތަޣުފިރުއްލާޙި އެވެ!

އަނެއްކާވެސް މި އޮތީ އެ މަނިކުފާނުގެ އެހެން ރައްދެކެވެ. ހަމަލާއަށް ފަހު ނަފުސާނީ ގޮތުން ގެއްލުންތަކެއް ވެފައި ހުރިކަމުގެ ވާހަކަ ފެތުރުނުހިނދު، އެފަދަ ކަމެއް މެދުވެރިނުވާކަން ހާމަކޮށްދެއްވުމަށް ދެއްވި ރައްދެކެވެ. މިފަހަރު އެމަނިކުފާނު ރައްދު ދެއްވީ ނަފުސާނީ ޑޮކުޓަރުގެ ލިޔުމަކުންނެވެ. މި ލިޔުމުގައިވާގޮތުން އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ. އެހެންނަމަވެސް، އެ މަނިކުފާނަކީ ރާފޮދުހިތްޕަވާ ބޭފުޅެއްކަން މި ލިޔުމުން އެނގިކަށަވަރު ވެއްޖެއެވެ.

މި ދައުރުވަމުންދާ ލިޔުމަކީ ރަނގަޅު ލިޔުމެއްކަމަށް ވާނަމަ، އެ މަނިކުފާނުގެ ވާހަކަފުޅުތަކާ، ކުރިން ލިޔެވުނު އަފިހުން ބޭނުންކުރި މީހާގެ ވާހަކަތަކާއި މާ ބޮޑު ތަފާތެއްނެތެވެ.

އަފިހުން ބޭނުންކުރި މީހާއަށް ކަމެއް ނުވާކަން އެންމެނަށްވެސް އެނގިގެން ހިގައްޖެއެވެ. މި މަނިކުފާނަށް ވެސް ކަމެއް ނުވާކަން ދިވެހި ރައްޔިތުންނަށް އެނގިގެން ހިގައްޖެއެވެ.

އެހާރާއި މިހާރުގެ ވާހަކަތަކުގައި ތަފާތަކީ ދަރަޖައެވެ. ނަތީޖާ ދެއްކީހަމަ ދާދި އެއްގޮތަކަށެވެ.

 

Loading

3 Responses

  1. ގައުމެއް ނެތެވެ. ބޮއިގެންނާއި ޢަމަލުވެގެން އިއްޒަތްތެރީން ނަށަނީ ބަރަހަނާއަށެވެ. ދިޔަލެއް ހިއްކެއް ވަރިހަމައެވެ. އަދި ދީނީ ދޮފިއެޅި ޖަމާޢަތުގެ ނިވަލުގައި މިހުރިހާކަމެއް އެމްޑީޕީ ( މޯލްޑިވެސް ޑަސްޓްބިން ޕާޓީ) އެވަނީ އޯކޭ ވެފައެވެ. ބޮޑު ޝެއިޚު އާއި ޓުވިޓް ޝޭޚާއި އެދެމީހުންގެ ސިޔާސީ ޝޭޚަށްވެސް މިހާރު ހަމަ ވަރަށް އޯކޭ ކަން އެބަ އެނގޭނޫންތޯއެވެ. #ޖީބަށްޓަކާ

Leave a Reply to އައްޑޫ އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް