ތާލިބާނުންނާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައްދަލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ޗައިނާގެ ފޮރިން މިނިސްޓަރު ޠާލިބާނުންގެ ޖަމާއަތަކާއި ބައްދަލުކުރައްވަވައިފިއެވެ. މިދިޔަ ބުދަދުވަހު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޠާލިބާން ޖަމާއަތުގެ ކޯ ފައުންޑަރ، މުއްލާ ޢަބްދުލް ޣާނީ ބަރާދަރް ބައިވެރިވެވަޑައިގެންނެވި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން، ވެންގްޔީ ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގެ ސަބަބުން ޗައިނާއަށް ނުރައްކަލަކަށް ވާނެކަމުގެ ބިރު އޮތް އީސްޓް ޓާރކެސްތާން އިސްލާމިކް މޫވްމެންޓް ހަމަޔަކަށް އެޅިގެންދިޔުމަށް މަގުފަހި ވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ޓިއާންޖިން ސިޓީގައި ބޭއްވި ބައްދަލުވުމަށްފަހު ޠާލިބާނުންގެ ތަރުޖަމާނު، މުޙަންމަދު ނަޢީމް ވަނީ އޭނާގެ ޓްވިޓަރ އެކައުންޓުގައި، ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ސިޔާސީ ކަންކަމާއި، އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާއި، ސުލްހަވެރިކަމާއި ބެހޭގޮތުންކަމުގައި ވިދާޅުވެފައި ވެއެވެ.

ޠާލިބާނުންގެ ޖަމާއަތުން ވަނީ ޗައިނާ ސަރުކާރާ ދެކޮޅަށް އަފްޣާނިސްތާނުގެ ބިން އެމީހުންގެ ބާރުގެ ދަށުގައިވާހައި ހިނދަކު ބޭނުން ނުކުރާނެކަމަށް ބުނެފައެވެ. އަދި ޗައިނާ ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ ދާޚިލީ ކަންކަމާއި ނުބެހުމަށް ވައުދުވެފައެވެ. ނަމަވެސް ސުލްހަވެރިކަން ގާއިމު ކުރުމާ ބެހޭ ވާހަކަތަކުގައި އަދިވެސް ޗައިނާއިން ބައިވެރިވާނެކަމަށް އެ ގައުމުން ބުނެފައިވެއެވެ.

ޗައިނާގެ ބެއިޖިންގްއިން ދެކޭގޮތުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ނިކުތުމަކީ ޗައިނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެހެނީ އެކަމުގެ ސަބަބުން ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓް އަފްޣާނިސްތާނަށާއި ސެންޓްރަލް އޭޝިޔާގެ ގައުމުތަކަށް ފުޅާކުރުމުގެ ފުރުސަތު ޗައިނާއަށް ލިބިގެންދާނެއެވެ.

ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ވޮޝިންގްޓަންއިން ގެންގުޅޭ ސިޔާސަތުތަކާއި ޗައިނާގެ ސިޔާސަތުތަކާ ހުރި ތަފާތުތަކަށް އަލިއަޅުވާލައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

 

Loading

One Response

  1. ދެންދާނީ ރަނގަޅަށެވެ. ތަލިބާނުންގެ ގައުމުގައި ރަޝީއާ މީހުނާއި އެމެރިކާމީހުން ބޭނުންވާގޮތަށް އަނބުރާލުމަށް އެ ގައުމުގެ އެޖެންޓުން ބޭނުންކޮށްގެން ވަރަށް ގިނަ ޒަމާން ތަކެއްގައި އެ އެއްޗެކޭ މި އެއްޗެކޭ ކިޔައިގެން ވަރަށް ރަޙުމް ކުޑަ ކޮށް އެގައުމުގެ މީހުން މަރާފިއެވެ. ޗައިނާގެ ސިޔާސަތު ތަފާތުވާނެކަމަށް ބެލެވެއެވެ. ﷲގެ ހެޔޮ ރަޙުމަތްފުޅުން އަފުގާނިސްތާނަށް އަވަސް ހަމަޖެހުމެއް އަންނާށިއެވެ. އާމީން! އެމެރިކާމީހުން ބޮޑު ބައިސާކަނޑައިފަ 15 އަހަރުދުވަސް ވަންދެން ގޭމްޖައްސާފަ ބިރުން ރޭގަނޑުގެ ވަގުތެއްގައި އެތަނުގެ އެއަރޕޯޓުން ވަގަށް ފިލާ ރައްކާވީއެވެ. ދިވެހިރާއްޖޭގައި މިއުޅޭ ކާފަރުންގެ އެޖެންޓުންތަކާމެދުވެސް ދިވެހިން ވިސްނާ ފިކުރުކުރާށެވެ.
    އެވެރީންގެ ފަރާތުން ފިތުނަ ފަސާދައާއި ގެއްލުމާއި ހަލާކު ނޫން ދެވަނަ ދެ އެއްޗެން ނުނިކުންނާނެއެވެ. ބަލަމާ، ފަލަސްތީނު، އިރާގު، ވިއެޓްނާމު، ލީބިޔާ، ސީރިއާ، ސޯމާލިއާ… މިެހެންގޮސް ނިމުމެއްނެތެވެ. ފަނާކުރުން ފިޔަވައި ގެނައި ޑިމޮކްރަސީއެއް ވެސް ނުވަތަ އިންސާނީ ވަސީލަތެއްވެސް ނެތްތަނުގައި އަނގަޔާ އަތާއި ދިމާނުވެ ސަލާމް ޖަހާ ބަޔަކަށް އެތަންތަނުގެ ރައްޔަތުން ވެއްޖެއެވެ. އެއީ އެބުނާ ވެސްޓާން ޑިމޮކްރެސީ އާއި ސެކިއުލަރިޒަމް.
    ދިވެހިން ސަމާލުވާށެވެ. ދިވެހިންގެ ތެރޭ މިއުޅޭ އެ ނުލަފާބައިގަނޑުގެ އެޖެންޓް އެ ވެރިކަމާއި ހެދި މޮޔަވަނީއެވެ. ކޮންމެފަދަ ގޯހެއްވެސް ހަދައިފާނެއެވެ.

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް