އައްޑޫސިޓީގައި ކަރަންޓްގެ ލޯޑު އެއްވަރަކަށް ހިފަހައްޓުމަށް އެއް މެގަވޯޓްގެ ބްޓްރީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަމަމްންޓް މިނިސްޓްރީން ބުނީ އައްޑޫސިޓީގައި ފެންވަރު ރަގަޅު ކަރަންޓްދިނުމުގެ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އެ ސިޓީގައި އެއް މެގަވޯޓުގެ ބެޓެރި ސްޓޯރޭޖް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އައްޑޫ ސިޓީގައި 1.6 މެގަވޯޓުގެ ޕަވާ ޔުޓިލިޓީ ސްކޭލާ ސޯލާ ޕަވާ ސިސްޓަމެއް މިހާރުވެސް ހުންނައިރު އަލަށް ގާއިމުކުރާ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާއެކު 24 ގައިއިރު މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ދެވިގެންދާނެ ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.
އަދި މި ސްޓޯރޭޖް ސިސްޓަމް ގާއިމްކޮށް އައްޑޫގެ ސޯލާ ޕަވާ ގްރިޑާ ގުޅައިލާނެއެވެ.
މޫސުން ގޯސްވާ ހާލަތްތަކުގައި ސޯލާ ޕަވާ ސިސްޓަމްތަކުން އެކަށީގެންވާ ވަރަށް ކަރަންޓު ނުއުފެއްދި ލޯޑު ބޮޑުވެގެންދިޔަ ނަމަވެސް ބެޓެރީ ސްޓޯރޭޖް ސިސްޓަމާއި އެކު އެފަދަ ހާލަތްތަކުގައި ވެސް އެއްވަރަކަށް ލޯޑު ހިފެހެއްޓޭނެ ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއާއި ވޯލްޑް ބޭންކާއި ގުޅިގެން ”އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިންރިނިއުވަބަލް އެނާޖީ އެސްޕަޔަ ގެ ނަމުގައި މިހާރު ދަނީ ބޮޑު މަޝްރޫއެއް ވެސް ހިންގަމުންނެވެ. މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގައި ރާއްޖޭގައި އާބާދީ ބޮޑެތި ރަށްރަށުގައި ސޯލަ ޕީވީ ނިޒާމް ގާއިމްކުރުމަށް ހިންގާ މަޝްރޫއެކެވެ.
އަދި ރަށްރަށުގައި ބެޓެރީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެގޮތުން ހދ. ނެއްލައިދޫގައި 85 ކިލޯވޯޓު އަދި ހދ. ނައިވައިދޫގައި 270 ކިލޯވޯޓުގެ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.