ދީނުގެ ނަމުގައި ލޭ ހުއްދަކުރުމުގެ ފިކުރު އާންމުކުރާ މީހުންނާ ދެކޮޅަށް ތެދުވާންޖެހޭ: ރައީސް

Loading

Facebook
Twitter
WhatsApp

އިސްލާމް ދީނުގެ ނަމުގައި ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކޮށް މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމުގެ ފިކުރު ފަތުރައި އާއްމުކުރުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށާ އެކަމާ ދެކޮޅަށް އެންމެން ތެދުވަންޖެހޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމުގެ ވިސްނުން ފަތުރައި އާއްމުކުރަން ފާޅުގައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާ، އެކަމާ ދެކޮޅަށް ތެދުވާން ޖެހޭކަމަށެވެ.

“ އިސްލާމް ދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް، ހަމައަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި އެބަ މަސައްކަތް ކުރޭ. މިއީ މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއް“

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސްލަސްކަން އަދި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިނީ ދީން ކަމަށެވެ. އަދި ދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅި އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމްދީނާ ގުޅުމެއް ނެތް ބާތިލް ކަންތައްތަކެއްކަމަށްރައީސްސާލިހުވިދާޅުވިއެވެ.

”އެއީ، އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނަށް އިހާނެތިކުރުމާއި، ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ.

ދީނަށް ފުރައްސާރަ ކުރުމާއި ހަރުކަށި ފިކުރު ފަތުރަން ކުރާ މަސައްކަތަކީ އެއްވެސް ހާލެއްގައި ދިވެހި މުޖުތަމައުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާއީ ދެ މައްސަލަ ކަމަށްވާތީ އެކަމަށް ފުރުސަތު ނުދެއްވުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މނިވަންކަމުގެ ދިފާއުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަސްރަކީ، ރައީސް ވިދާޅުވި ގޮތުގައި, އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާ އެވެ.

ދުނިޔޭގެ ބައެއް ގައުމުތައް ވަކިން ހާއްސަކޮށް އިސްލާމީ ގައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ ހަރުކަށި ފިކުރީ އޮއިވަރަށް ޖާގަ ދިނުމުގެ އަސްލު ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި އެގައުމުތަކުގައި އެންމެ ފުރަތަމަ އުފެދުނީ އެއްބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއަދު އެއިން ކޮންމެ ގައުމަކީ މިނިވަންކަމާއި ސުލްހައާއި ހަމަޖެހުން ގެއްލިފައިވާ ގައުމުތަކެއް ކަމަށާއި އެކަމުން އިބްރަތް ލިބިގަތުމަށް ރައީސް ސާލިހުވަނީ ރައްޔިތުންކިބައިންއެދިވަޑައިގެންފައެވެ.

އެކަކު އަނެކަކާ މެދު ނަފްރަތު އުފެއްދުމާއި އިސްލާމްދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހުއްޓުވުމަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދަކު ވެސް އިސްކަންދޭން ޖެހޭނެ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ދެކެވަޑައިގަންނަވާގޮތުގައި މިފަދަ މައްސަލަ ތަކަށް އޮތްހައްލަކީ ހަރުކަށި އަދަބުގެ ބަދަލުގައި ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމެވެ. ސައްހަ އަގީދާގެ މަތީގައި ދިރިއުޅުން ބިނާކުރަން ދަސްކޮށް ނުދެވިއްޖެ ނަމަ ދީނަށް ފުރައްސާކުރުމާއި ދީނުގެ ނަމުގައި އަނިޔާވެރި އަމަލުތަކާ ދިމާއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަން މިނިވަންދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފަހަގަ ކުރެއްވިއެވެ.

Loading

2 Responses

  1. ރަނގަޅު. ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށްވެސް ތެދުވާންޖެހޭ, ދީނުގައި ހައްދުފަހަނަޅާ މީހުންނާ ދެކޮޅަށް ތެދުވާފަދައިން..
    ދީނަށް އުޅުމަަަަށް މަސައްކަތްކުރުމުގެ ތެރޭގައި އޮޅުން ބޮޅުންވެ އަތުންފައިން ގޯސްހެދެމުންދާ ޖާހިލުންނަށްވުރެ, ދީން ޤަބޫލުނުކޮށް އަދި ދީނުގެ ޙުރުމަތް ކަނޑާލަަަައި ﷲއާ ރަސޫލާއަށް ފުރައްސާރަކޮށް, އެތަށް ރައްޔިތެއް ދެދުނިޔާބު ކާމިޔާބުލިބޭ ހަމައެކަނި މަގުން އެއްކިބާކުުުުުުުުރުމަށް މަސައްކަތްކުރާ މީހުންގެ ނުރައްކާވެސް ބޮޑު ނޫންތޯ?

  2. ރައީސް ތެދެއްތީވެސް އެހެނަސް ގުރުއާނާއި ސުންނަތް ނޫން ގޮތެއް މިގައުމުގެ މުސްލިމުން ހަމަ ޖެހިލައިގެން އުޅެން ހޯދަންޖެހޭކަމަށް ކާފަރުންގެ ޖަމާޢަތެއްގެ ކުރިމަތީ ބުނި ކަލޭގެ މުރުތައްދު ހައްދެއް ޖަހައިދީބަލަ. އަދި މާތްﷲ އާއި އަހަރެމެންގެ ރަސޫލާއަށް ކުޑައިމީސް ބަސްބުނާ މީހުން ހިފާ ހައްޔަރުކޮށް އެމީހުން ރީހެބް ކޮށްދީބަލަ. ރީހެބް ވާން ބޭނުން ނުވަންޏާ ކާފަރު މެޖޯރިޓީން އުޅޭގައުމަކާ ޙަވާލުކޮށް އަހަރެމެންގެ ތެރެއިން ބޭރުކޮށްދީބަލަ. ކޮބާ އެމްޑީއެން ކުދިންކޮޅު. އެކަކު ފިއްލުވީ ދޮއްތޯ އަނެކަކަށް މިނިސްޓަރުކަން ތިދެއްވީ. ދެން އިޔާޒްމެން ރުޅިގަދަވަނީ އެހެންވެ ނޫންތޯއެވެ. ރަނގަޅު ކޮށްލައްވާ.

Leave a Reply to ހުރާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް