ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭނެ އިތުރުފަރާތެއް ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭނެ އިތުރު ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް  ޝައުގުވެރިވާ ފަރަތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތައް ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 10:00 ގައި އޮންނަ މައުލޫމާތު ސެޝަނަށް ހާޒިރުވެ، އެފޯމް ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެއެވެ.

ކައުންސިލުން ބުނީ މައުލޫމާތު ސެޝަން އޮންނާނީ އަމީނީމަގު، އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ، 4 ވަނަ ފަންގިފިލާގައިކަމަށެވެ.

މިމަސައްކަތުގެ ތަފްސީލީ މައުލޫމާތު ކަރުދާސް، މައުލޫމާތު ސެޝަންގައި ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ވިލިމާލޭގައި ބަގީގެ ހިދުމަތްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ 12 ސެޕްޓެމްބަރ 2021 ގެ ނިޔަލަށެވެ.

މީހުން ދިރިއުޅޭ ރަށެއްގައި ތިމާވެއްޓާ ރައްޓެހިގޮތަކަށް ބަގީގެ ހިދުމަތް ދޭން ފެށި ފުރަތަމަ ރަށަކީ ވިލިމާލެއެވެ. ވިލިމާލޭގައި  ބަގީގެ ހިދުމަތް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ވިލިމާލޭގައި ބަގީގެ ހދުމަތް ދިނުމަށް ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ”ނައިންޓީ ނައިން ހޯލްޑިންގްސް“ ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. 2014 ވަނަ އަހަރު އެކުންފުނިން ވިލިމާލެއަށް ބަގީގެ ހިދުމަތް ތައާރަފުކޮށްފައިވަނީ “99 އިކޯ ކެބް ސަރވިސަސް“ގެ ނަމުގައެވެ.

ވިލިމާލެ އަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެފުރަތަމަ ބަގީގެ ހިދުމަތް ފެށި ރަށެވެ. މާލޭގެ އަވަށެއްގެ ގޮތުގައި ވަކިން އޮންނަ މިރަށުގައި ބަގީގެ ހިދުމަތް ދޭން ފަށާފައިވަނީ ތިމާވެއްޓާއި ރައްޓެހި މާހައުލެއް ބިނާކުރުމުގެ މަގްސަދުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް