ކުރިއަށް އޮތް އަލްހާ އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑިތައް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ގޮތުން އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މި އެންގުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ތަންފީޒު ކުރާނެކަމަށެވެ.
މާލޭ މޭޔަރު ވިދާޅުވީ ފައިމަގުގައި އުޅޭ ވަގުތައް ކަނޑައަޅާފައި ވަނީ މި ކަމާމެދު އާންމުގެ ހިޔާލު ހޯދައި އަދި ފުލުހުންނާ ވެސް މި ކަމުގައި މަޝްވަރާކޮށްފައި ކަމަށެވެ. އެގޮތުން ކްލަބްހައުސް މެދުވެރިކޮށް އާންމުންގެ ހިޔާލު ހޯދައި އެންމެ ގިނަ ފަރާތްތަކުން ބޭނުންވި ގަޑި ހަމަޖެއްސީކަމަށް ސިޓީ ކައުންސިލުން ހާމކުރެއެވެ.
ސިޓީ ކައުންސިލުން ބުނީ މިއީ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކުރެވޭ ކަމެއްކަމަށެވެ. އެހުން ކަމުން ފައުމަގުގައި އުޅޭ ވަގުތުތަކަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ދިނުމަށް ވެސް ސިޓީކައުންސިލުން ވަނީ އެދިފައެވެ.