މާރުކޭޓް ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

މާލޭ ސިޓީގެ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލްމާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެގޮޅިތަކަށް އެދުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ދެ އަހަރުގެ މުއްދަތަކަށް ދޫކުރުމަށް ހަމަޖައްސާފައިވާ މިދެ މާރުކޭޓުން ގޮޅިއެއް ދޫކުރާނީ ގޮޅިއެއްގެ ބޮޑު މިނަށް ބަލައި އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުންކަމަށެވެ.
މި ގޮޅިތަކަށް ޕޮއިންޓު ދިނުމުގައި މިހާރުވެސް ގޮޅި ހިންގާ ފަރާތެއް ނަމަ، ގޮޅި ހިންގަމުންދާ މުއްދަތައް ބަލާނެކަމަށް ސިޓީކައުންސިލުން ބުނެއެވެ.

އެގޮތުން ގޮޅި ހިންގާ މުއްދަތަށް ބަލާފަ ޕޮއިންޓް ދޭން ހަމަޖައްސާފައި އޮތް މިންވަރު:

01 އަހަރު ވެފައިވާ ނަމަ     15 ޕޮއިންޓް

 02  އަހަރު ވެފައިވާ ނަމަ    30 ޕޮއިންޓް.

03 އަހަރު ވެފައިވާ ނަމަ     45 ޕޮއިންޓް.

ގޮޅި ހިންގާ މުއްދަތު ބަލާނީ 2018 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގޮޅި ހިންގަމުން އައި މުއްދަތަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ދަތުރުވެރިންގެ މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކުމަށް 163 ގޮޅި ވަނީ ހާއްސަ ކުރެވިފައެވެ. އަދި ހަމަ މިކަމަށް ލޯކަލް މާރުކޭޓުގައި 100 ގޮޅި ހާއްސަ ކުރެވިފައިވެއެވެ.

ލޯކަލް މާރުކޭޓުގައި ވަޅޯމަސް ވިއްކުމަށް 32 ގޮޅި ހާއްސަ ކުރެވިފައިވާއިރު، ލުއިކާނާއި ސޮފްޓް ޕްރޮޑަކްޓްސްއަށް 35 ގޮޅި ވަނީ ހާއްސަ ކުރެވިފައެވެ.

މީގެ އިތުރުން އިމްޕޯޓް މުދާއާއި ގަޑި ކަމަރު ވިއްކުމަށް ހާއްސަ 19 ގޮޅިއެއް ލޯކަލް މާރުކޭޓުގައި ވާނެކަމަށްސިޓީކައުންސިލުންބުނެއެވެ.

ގުރުއަތުނެގުން އޮންނާނީ ގޮޅިތަކުގައި ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރިތަކަށް ކެޓަގަރީކުރުމަށް ފަހު އެކަޓަގަރީއަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 50 ޕޮއިންޓުން މަތި ލިބޭ ފަރާތްތަކުގެ މެދުގައެވެ. އަދި ގުރުއަތުލާނީ ގޮޅިތައް ބެހިފައިވާ ގޮތަށް ،ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އެމާރުކޭޓަކަށް ވަކިވަކިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާއި ހަމައަށެވެ. ގޮޅިތަކަށް ކުރިމަތިލާން ބޭނުން ފަރާތްތަކަށް މާލެސިޓީ ކައުންސިލުގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށް ސިޓީކައުންސިލުން ބުނެއެވެ.

Loading

One Response

  1. ތި ހުޅުވާލި ފުރުސަތު ތަކަކީ މިހާރުވެސް ތި މަސައްކަތުގައި ތިބި މީހުންނަށް ދީން ހަދިޔާއެކެވެ. ތިޔަބުނާ ޕޮއިންޓް ލިބޭނީ މިހާރުވެސް އުމުރުދުވަހު ހެޔިއަގުގައި ގޯޅި ނަގައިގެން އުޅޭ މީހުންނަށެވެ. އަލަށް ތި މަސައްކަތުގެ ތެރެޔަށް ވަދެވޭނެ ގޮތެއްވެސް ، ވަދެވޭނެ މީހަކުވެސް ނެތެވެ. އަކަށް މި ދާއިރާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ވެށް 30 ވަރަކަށް ގޯޅި ހާއްސަ ކުރި ނަމަ ރަނގަޅު ވީހެވެ.

Leave a Reply to މުތަރުޖިމު. Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް