ބީސީސީން މާލޭގައި ކޯ ވޯކް ސްޕޭސްއެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

ކުދި ވިޔަފާރިތަކާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތްކުރާނެ ޖާގައެއް ހޯދައިދިނުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން( ބީސީސީ)ން މާލޭގައި ކޯ ވޯކް ސްޕޭސްއެއް އިއްޔެ ހުޅުވައިފިއެވެ.

މި ކޯ ވޯކްސްޕޭސްއަކީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްކޮށް، ހިޔާލު ބަދުލުކުރެވޭނެ ފަހި މާހައުލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވި ތަނެކެވެ.

”ސީޑް ބައި ބީސީސީ“ގެ ނަމުގައި ހުޅުވާފައިވާ މި ކޯ ވޯކް ސްޕޭސް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ.

އެއްފަހަރާއި ގާތްގަނޑަކަށް 40 މީހުންނަށް މަސައްކަތްކުރެވޭނެޖާގައިގެ މިތަނުގައި ހައި ސްޕީޑް އިންޓަރނެޓާއި، ޕްރިންޓިން ހިދުމަތްފަދަ ހިދުމަތްތައް ލިބެން ހުރެއެވެ.

އޯކިޑްމަގު ކަނީރުވިލާ ބިލްޑިންގަ ހުންނަ މި ކޯ ވޯކް ސްޕޭސް ހުޅުވާފައި ހުންނަނީ ހެނދުނު 8:30އިން ރޭގަނޑު 10:00އަށެވެ.

މިތަނާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ މި ވޯކްސްޕޭސް އަށް ތަރުހީބު ލިބޭ މިންވަރެއް ބަލާފަ މިފަދަ އިތުރު ތަންތަން މާލެއާއި އަތޮޅުތަކުގައި ގާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.

”އުއްމީދަކީ މީގެ ކާމިޔާބު ލެވެލްއަށް ބަލާފައި އެކްސްޕެންޑު ކުރުން. މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް، “ މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިތަނުން ޖާގަ ހޯދުމަށް ވެބްސައިޓު މެދުވެރިކޮށް ބުކް ކޮށްލެވޭނެކަމަށާ،  އެކި ޕެކޭޖްތަށް ހަމަޖައްސާފައި ހުންނާނީ ވަރަށް ކުޑަ އަގެއްގައި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކުދި ވިޔަފާރިތަކަށް މިދަފަ ގިނަ އެހީތަކެއް ވުމަށް ކުރިއަށް އޮތްތާގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަސައްކަތް ކުރައްވާކަމަށެވެ.

އެގޮތުން ފެހުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ތަނެއް ވެސް ގާއިމްކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދަޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް