ލަންކާގައި ކުޑަކުއްޖަކު ލައްވާ ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރީ އަޝްމަލީ

Loading

Facebook
Twitter
WhatsApp

 

އަވަށްޓެރި ސްރީލަންކާގައި ކުޑަކުއްއްޖަކު ލައްވާ ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރި ދިވެއްސަކީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަމަށް  ރާއްޖޭގެ މަށްހޫރު ނޫހެއްކަމަށްވާ ”މިހާރު“ ނޫހުން ރިޕޯޓް ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދިވެއްސަކީ ކާކުކަމެއް ލަންކާ ނޫސްތަކުން ވެސް އަދި ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް މިހާރު ނޫހުން ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަޝްމަލީކަން ކަށަވަރު ވެފައިވާކަމަށެވެ.

ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ އާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ މުހައްމަދު އަޝްމަލީ އެވެ.

އޭނާ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށާ  އޭނާ އަކީ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށް ވެސް މިހާރު ނޫހުންވަނީ ލަންކާ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައެވެ.

ލަންކާ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 15 އަހަރުގެ ކުޑަކުއްޖަކު ލައްވާ ހަށިވިއްކި މައްސަލައާއި ސީދާ ގުޅުންހުރި ހަތަރުމީހަކު ހައްޔަރުކުރި އިރު އޭގެއިން އެކަކީ ދިވެއްސެއްކަމަށެވެ. އަދި މި ކުއްޖާ ހިމެނޭހެން ކުޑަކުދިން ލައްވާ ހަށިވިއްުކުމުގެ މަސައްކަތްކުރުމަށް ބޭނުންކުރި ވެބްސައިޓް ހިންގި ދެމީހުންވެސް ފުލުހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ކުޑަކުއްޖާ ވަނީ ތިން މަސްވަންދެން ޖިންސީ އަނިޔާކޮށްފައެވެ. މިކަމުގައި އެކުއްޖާގެ މަންމައަށް ވެސް ތުހުމަތުކުރެވޭކަމަށް ލަންކާ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން ހިންގި އޮޕަރޭޝަން ތަކުގައި މިހާތަނަށް 32 މީހުން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައިލަންކާގެ މަޝްހޫރު ސިޔާސީ ފަރާތެއްގެ އިތުރުން ކާރު އަދި އޮޓޯޑްރައިވަރުން ހިމެނެއެވެ. އަދި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް