ޖިންސީގޯނާ ހުއްޓުވަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

 

 

 

ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްލަތައް ރާއްޖޭގައި އިތުރުވަމުން ދާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ޖިންސީ ގޯނާ އާއި ރޭޕްކުރުމުގެ މައްސަލަތައް ކަންބޮޑުވާވަރަށް މަށްޗަށް ގޮސްފައިވާ ކަމަށާ، އަދި މި މައްސަލަތަކަށް އިންސާފު ލިބުން ލަސްވާކަމަށެވެ.
”ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕް ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރު ވަމުން ދާތީ އާއި އަދި މިކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރި ކަމާއި ނާމާންކަން ދަނީ އިތުރުވަމުން“ ގަރާރު ހުށަހަޅުއްވަމުން އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅީ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައިގެން އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފާއި ފަރުވާ ހޯދައިދޭން ޖެހޭކަމަށެވެ.

އަދި  ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް އަދަބު ދިނުން އަވަސް ކުރެވޭނެ ގޮތް ހޯދައިދޭން އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް