އައިޖީއެމްއެޗް އިން ހުއްޓާލައިފައިވާ އާންމުންނަށްދޭ ހިދުމަތްތައް ދޭން މާދަމާ ފަށާނެ

Loading

Facebook
Twitter
WhatsApp

 

ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅިފިޔަވަޅެއްގެ ގޮތުން  އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައިހީއެމްއެޗް)ން އާންމުކޮށް ހުޅުވާލައިގެން ދެމުންގެންދިޔަ ހިދުމަތްތައް މާދަމައިން ފެށިގެން ދެމުންގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ މާދަމައިން ފެށިގެން އެ ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތްތައް ލިބޭނެކަމަށެވެ.

އެ ހޮސްޕިޓަލުން ހުޅުވައިލާ ހިދުމަތް ތަކުގައ ތެރޭގައި  ފިޒިއޯ ތެރަޕީއާއ އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި، މެންޓަލް ހެލްތުގެ ޚިދުމަތްތަކާއި އަދި ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތްތަކާއި ލެބޯޓަރީގެ ހިދުމަތްތައްވެސް މާދަމައިން ފެށިގެން ދޭގޮތަށް ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން ޓީއެމްޓީ، އެންޑްސްކޯޕީ، ކޮލޮނޮސްކޯޕީ އަދި ބްރޮންކޮސްކޯޕީ ޚިދުމަތާއި އޮޕަރޭޝަންތައްވެސް މަދާމާ ފަށާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އައިޖީއެމްއެޗްއިން މީގެ ކުރިން ވަނީ ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ބައެއް ހިދުމަތްތައް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.

އެ ހޮސްޕިޓަލުން މައުލޫމާތުދޭގޮތުގައި ސްޕީޗް ތެރަޕީ ސެޝަންތައް ނޫން ހުރިހާ ހިދުމަތްތަކެއް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށް ލިބޭނެއެވެ.

ސްޕީޗް ތެރަޕީގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
މެދުކަނޑާލި ހިދުމަތްތައް އަލުން ފެށުމަށް ނިންމާފައިވަނީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުންކަމަށް އައިޖީއެމްއެޗްން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް