25 މީހުންނާއެކު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއް މެދުން ބިންދައިގެން ގޮސްސި

Loading

Facebook
Twitter
WhatsApp

 

25 މީހުންނާއެކު  މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް މެދުން ބިންދައިގެން ގޮސްސި އެވެ.

އެމްއެންޑީއެފްއިން ބުނީ ބިންދައިގެން ދިޔައީ މަސްވެރިކަން ކުރަމުންދިޔަ ”މޮހިރާ“ ނަމަކަށް ކިޔާ ފައިބަރު ދޯނެއްކަމަށާ، މި ދޯނި ބިންދައިއިން ދިޔައިރު އޮތީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް ބޭރުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއީ އައްޑޫސިޓީ ހިތަދޫ މަސްދޯންޏެކެވެ.

އެމްއެންޑީއެފްއިން ބުނީ މި ދޯނި ބިންދައިގެން ދިޔައީ މޫސުމް ގޯސް ވުމުގެ ސަބަބުންކަމަށާ،  އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:11 ހާއިރުކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް އެންއެންޑީއެފްއިން ބުނެއެވެ.

އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮސްޓްގާޑްން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ދޯނި ބިންދައިގެން ގޮސްފައި މިވަނީ އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައިވަނިކޮށެވެ.

މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

އެގޮތުން އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މުސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް