ހިޔާގެ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުވާ މީހާ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖެހީ މި މަހު 13 ގައެވެ. އެދުވަހު ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރަން އަމުރު ކުރީ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އަދި، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ. އަދި  ކޯޓު އެ އަމުރުގައިވާ ގޮތުން އެ މީހާ ކުޑަކުއްޖާ ގްރޫމްކުރި ކަމަށް ބެލެވޭ ހެކި ވެސް ފުލުހުންނަށް ވަނީ ހޯދިފަ އެވެ.

ނަމަވެސް އޭނާގެ ބަންދު މުއްދަތު މުރާޖައާ ކުރަން މިއަދު ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުގައި ބުނީ އެ މީހާ ދޫކޮށްލަން ފުލުހުން އިއުތިރާޒް ނުކުރާތީ ޝަރުތު ކޮށްފައި ދޫކޮށްލާ ކަމަށެވެ. އަދި އެމީހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި، އޭނާ ދޫކޮށްލަން ކޯޓުން ވަނީ ފުލުހަށް އަމުރު ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ވަނީ އޭނައާމެދު ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފއެވެ. އޭނާ ބުނީ ކުއްޖާއާމެދު ގޯސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރެކޯޑު އޮވެ އެވެ.

Loading

2 Responses

  1. ކޮބަ ސިދާތާ އާއި އެޖެންޑާ19 ގެ ފަހުލަވާނުން. މިިހެން އަހާލީ މަ ހީކުރީ ސިދާތާ ގެ މިނިސްޓަރުކަން ދުއްވާލީމާ ދެން ތިކަހަލަ އެއްވެސް ކަމެއް ނުހިނގާނޭ.

  2. ކޮބަ ސިދާތާ އާއި އެޖެންޑާ19 ގެ ފަހުލަވާނުން. މިިހެން އަހާލީ މަ ހީކުރީ ސިދާތާ ގެ މިނިސްޓަރުކަން ދުއްވާލީމާ ދެން ތިކަހަލަ އެއްވެސް ކަމެއް ނުހިނގާނޭ. އަޅެ ނޫންތޯ؟

Leave a Reply to މާހިދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް