އެމްޓީސީސީން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފައިދާ އިން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ނިންމައިފި އެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިއްސާބަހަން ނިންމީ އިއްޔެ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ހިއްސާދާރުންނަށެވެ.

އާންމު ޖަލްސާގައި މިއަދު ވަނީ އެމްޓީސީސީގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ވެސް ހަމަޖައްސަން ފާސްކޮށްފަ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ހޯދި މާލީ ކާމިޔާބީ އަކީ މިދިޔަ 40 އަހަރު ތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

އެމްޓީސީސީގެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން ނިންމިއިރު އެމްޓީސީސީން އެންމެ ބޮޑު ފައިދާއެއް މިހާތަނަށް ބަހާފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާއަކަށް 2.60 ރުފިޔާ ބަހަން ނިންމި އެވެ. ނަމަވެސް އެ އަހަރު ހިއްސާގެ ފައިދާ ބަހާފައެއް ނުވެ އެވެ. އަދި 2019 ވަނަ އަހަރު ދީފައިވަނީ ހިއްސާއަކަށް ދެ ރުފިޔާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް